މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޕީޕީއެމްއަކީ ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް ނޫންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމުން ސަރުކާރު ޖަވާބުދާރީކުރުވަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ. އެހެންކަމުން ސަރުކާރު ހިންގަމުން، އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރަންޖެހެނީ އެމްޑީޕީއަށްކަމަށް ޝަރީފް ވިދާޅުވިއެވެ.



ޕީޕީއެމްއަކީ ހަރުދަނާ އިދިކޮޅު ސިޔާސީ ޕާޓީއެއް ނޫންކަމަށް ޝަރީފް ވިދާޅުވީ ކީއްވެކަމެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ޝަރީފް ވިދާޅުވިފަދައިން ސަރުކާރު ޖަވާބުދާރީކުރުވުމުގައި މަސައްކަތުގައި ޕީޕީއެމްއެމްގެ މެމްބަރުންނަށްވުރެ ބޮޑަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ކުރައްވާ މަސައްކަތް މާބޮޑަށް ފާހަގަ ކުރެވެއެވެ. ފަހަރެއްގައި އެއީ މިސަރުކާރު އައި އިއިރު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީގެ މެންބަރުން މަދު ކަމުން ކަމަށް ވެސް ވެދާނެއެވެ. 19 މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގައިގެން މުޅި މަޖިލިސް ކޮންޓްރޯލް ކުރަމުން ގެންދަނީ އެމްޑީޕީގެ މެންބަރުންނެވެ.

އިދިކޮޅަށް ވުރެ ބޮޑަށް ސަރުކާރު ޖަވާބުދާރީ ކުުރުވަނީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ކަމުގައި ޝަރީފު ވިދާޅުވިއިރު މިހާރު އެގޮތަށް ދިމާވެގެން އުޅެނީ ނުވަތަ އެމަންޒަރު ފެންނަނީ އެމްޑީޕީ ދެބައިވެފައި ވާތީ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން