ލ. އަތޮޅު ފޮނަދުއާއި އެއަތޮޅު ގަން، ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެެވެ.

މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި ބޮޑު ވެހިކަލް ބުރު ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ އެންމެ ދެކެވަޑައިގަންނަވަން ބޭނުންވަނީ ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާތަން ކަމަށެވެ. އެގޮތުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ގަމާއި ފޮނަދޫގައި މޭޔަރުގެ އިންތިހާބު ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، ގަމާ ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްގީގެ ހުރިހާ ކަމެއް މި ސަރުކާރުގައި ގާއިމުކުރާނެ ކަމަށެވެ. އަދި ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

"ރާއްޖޭގައި އެންމެ ފުރިހަމަ އަށް ތަރައްގީވެފައި އޮތް ސިޓީ އަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް މުއިއްޒުގެ މި ސަރުކާރުގައި،" ފައިސަލް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން