އާސަންދަ ނިޒާމް އިސްލާހުކުރަން ކުރީގެ ސަރުކާރުތަކުން ފަސްޖެހިފައިވާ ކަމަށާއި އެހެންނަމަވެސް މި ސަރުކާރުން އާސަންދަ ނިޒާމް ރިފޯމް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދަައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ސަރުކާރުން ހިންގާ އާސަންދަ އަކީ ވަރަށް މުހިންމު ޕްރޮގުރާމެއް ކަމަށާއި އެ ޕްރޮގުރާމްގެ ސަބަބުން ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް ފައިދާ ކުރާ ކަމަށެވެ. އެހެން ނަމަވެސް އާސަންދަ ޕްރޮގުރާމް މިހާރު ބައްޓަންކޮށްފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެ ނިޒާމްގެ އިސްރާފު ވަރަށް ބޮޑު ކަމަށް ޝަފީޤު ވިދާޅުވިއެވެ.
"އާސަންދައަށް ދޭ ބަޖެޓު އަހަރުން އަހަރަށް ޑަބަލް ވަމުން އެދަނީ. އެއް ބިލިއަނަށް ބަޖެޓުކުރާ ޚަރަދު 2 ބިލިއަނަށް އަރާ. 2 ބިލިއަން ބެޖެޓުކުރީމަ 4 ބިލިއަނަށް ޚަރަދުތައް އަރައިގެންދޭ. އެއީ ރައްޔިތުންބޭނުންވާ ގޮތެއް ނޫން،" ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޑރ. ޝަފީޤު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ ޚަރަދުކުރަންވާނީ ޒިންމާދާރުކޮށް ޚަރަދު ކުޑަކޮށްގެން ކަމަށެވެ. އެހެންކަމުން އާސަންދަ ނިޒާމު އިސްލާޙުކުރާނެ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެއީ މިވަގުތަށް ކުރުން މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީޤު ވިދާޅުވީ ކުންފުނިތައް އިޞްލާހުކުރުމާއި އާސަންދަ އިޞްލާހު ކުރުމުގެ ވާހަކަ ކުރީ ސަރުކާރުތަކުން ދެއްކިނަމަވެސް އެކަން ކުރުމަށް ސަރުކާރުތައް އޮތީ ފަސްޖެހިފައިކަމަށެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒު އެކަމަށް ފަސްޖެހިވަޑައި ނުގަންނަވާ ކަމަށާއި، އެއްވެސް ކަމެއް ފަސް ކުރުމުގެ އުސޫލެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
ކުންފުނިތަކާއި މާލީ ކަންކަންވެސް އިޞްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅުއްވައިގެން ވީހާވެސް އަވަހަށް ރައްޔިތުން އެދޭ ބަދަލު ގެންނަވާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ޝަފީޤު ވަނީ ދެއްވާފައެވެ.

އާސަންދަ އިޞްލާހު ކުރުމުގެ ވާހަކަ ކުރީ ސަރުކާރުތަކުން ދެއްކިނަމަވެސް އެކަން ކުރުމަށް ސަރުކާތައް އޮތީ ފަސްޖެހިފައިކަމަށް. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ފަސްޖެހިވަޑައިނުގަންނަވާކަމަށާއި، އެއްވެސްކަމެއް ފަސް ކުރުމުގެ އުސޫލެއް އެމަނިކުފާނު… pic.twitter.com/r55ZKKJGqf
— PSM News (@psmnewsmv) April 25, 2024
"އާސަންދައަށް ދޭ ބަޖެޓު އަހަރުން އަހަރަށް ޑަބަލް ވަމުން އެދަނީ. އެއް ބިލިއަނަށް ބަޖެޓުކުރާ ޚަރަދު 2 ބިލިއަނަށް އަރާ. 2 ބިލިއަން ބެޖެޓުކުރީމަ 4 ބިލިއަނަށް ޚަރަދުތައް އަރައިގެންދޭ. އެއީ ރައްޔިތުންބޭނުންވާ ގޮތެއް ނޫން،" ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޑރ. ޝަފީޤު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ ޚަރަދުކުރަންވާނީ ޒިންމާދާރުކޮށް ޚަރަދު ކުޑަކޮށްގެން ކަމަށެވެ. އެހެންކަމުން އާސަންދަ ނިޒާމު އިސްލާޙުކުރާނެ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެއީ މިވަގުތަށް ކުރުން މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީޤު ވިދާޅުވީ ކުންފުނިތައް އިޞްލާހުކުރުމާއި އާސަންދަ އިޞްލާހު ކުރުމުގެ ވާހަކަ ކުރީ ސަރުކާރުތަކުން ދެއްކިނަމަވެސް އެކަން ކުރުމަށް ސަރުކާރުތައް އޮތީ ފަސްޖެހިފައިކަމަށެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒު އެކަމަށް ފަސްޖެހިވަޑައި ނުގަންނަވާ ކަމަށާއި، އެއްވެސް ކަމެއް ފަސް ކުރުމުގެ އުސޫލެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
ކުންފުނިތަކާއި މާލީ ކަންކަންވެސް އިޞްލާހުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅުއްވައިގެން ވީހާވެސް އަވަހަށް ރައްޔިތުން އެދޭ ބަދަލު ގެންނަވާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ޝަފީޤު ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު