އެންމެ ބޮޑު ދެ ޕާޓީން ދާދި ފަހަކާ ޖެހެންދެން ކުރަމުން އައީ އާއިލީ ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާލުވެއްޖެ އެވެ.

ރިކޯ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އާއިލީ ވެރިކަން ދެމިގެންދާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ކޮންމެ ގޮތަކުން ވެސް ޕާޓީގެ ވެރިކަން އާއިލީ ބާރުވެރިކަމުގައި ބޭއްވުމަކީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު ކުރައްވަމުން އައި ކަމެއް ކަމަށެވެ.

އެހެން ނަމަވެސް މި ފަހަރު ބަޔަކު އެއް ޕާޓީ މިނިވަންކޮށްފައިވާ ކަމަށް ވެސް ރީކޯ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ރީކޯ އެ އިޝާރާތް ކުރައްވަނީ މައުމޫނާ އާއިލީ ގޮތުން ގުޅިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބާރު ޕީޕީއެމް/ޕީއެންސީން ކަނޑުވާލި ކަނޑުވާލުމަށެވެ

ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކުރިފަހުން އެމަނިކުފާނާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅުން ވަނީ ކެނޑިފަ އެވެ.

އަދި އޭގެ ފަހުން ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އެޕާޓީގައި ވެސް އިސްކޮށް ތިއްބަވަނީ ރައީސް ޔާމީނާއި ދަރިކަލުން ޒެއިން ކަމަށްވާތީ އެޕާޓީ ވެސް ވެފައިވަނީ ދެބަފައިންގެ އާއިލީ ޕާޓީއަކަށެވެ. ރީކޯކޫސާ އަކީ އާއިލީ ކަސްތޮޅުން ޕާޓީތައް މިނިވަން ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާބޭފުޅެކެވެ އޭނާއާއި ރައީސް ނަޝީދާ ވެސް ދެބަސްވެ އަރައިރުންވާ މައިގަނޑު ސަބަބަކީ އެއީ އެވެ ރައީސް ނަޝީދު ގެ އާރާއި ބާރުގަ ޕާޓީ އޮތްއިރު އެމަނިކުފާނު ވެސް ޝަރުއީ ބަންދެއްގަ ހުންނެވި ހާލަތުގަވެސް ކުރިމަތިވި ރިޔާސީ އިންތިޚާބުގެ ގައި އެމަނިކުފާން ފުރުސަތު ދެއްވީ ގާތް މިތުރު އަދި ޅިޔަނު ރައީސް ސާލިޙަށެވެ .ނަމަވެސް ރައީސް ސާލިޙުގެ ވެރިކަމުގަ އެމަނިކުފާނު ވަނީ އާއިލީ ކަސްތޮޅުން އެމްޑީޕީ މިނިވަން ކުރައްވާފައެވެ .ހަމަ އެގޮތަށް މިހާރުގެ ރައީސް މުއިއްޒު ވެސް އެވަނީ އާއިލީ ކަސްތޮޅުން ޕީޕީއެމް ޕީއެންސީ މިނިވަން ކުރައްވާފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން