އަމިއްލަ ކުންފުންޏެއްގެ އޮފީހެއް ފަޅާލާ އެ އޮފީހުން ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

އެމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެމީހާގެ ބަންދާ މެދު ގޮތެއް ނިންމައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އަމިއްލަ ކުންފުންޏެއްގެ އޮފީހެއް ފަޅާލާ އެތަނުން ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ވަގަށް ނެގުމުގައި އޭނާ ބައިވެރިވެފައިވާކަމަށް ބެލެވޭ ކަމަށެވެ. އޭނާ އާއި ދެކޮޅަށް ހެކިންގެ ބަޔާނާއި ސީސީޓީވީ ކެމެރާގެ ސްނެޕް ޝޮޓް ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓެއްގެ އިިތުރުން ކޯލް ޑީޓެއިލްސް ރިޕޯޓެއް ފުލުހުން ހުށައަޅާފައިވާ ކަމަށް ކޯޓް އަމުރުގައިވެއެވެ.

ކޯޓު އަމުރުގައި ބުނީ ވައްކަމުގެ އަމަލު ހިންގުމުގައި އެމީހާގެ އިތުރުން ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.ވކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ވައްކަން ހިންގުމުގައި އޭނާ އަމަލީގޮތުން ބައިވެރިވުމުގެ އިތުރުން ތުހުމަތުކުރެވޭ މީހުން ފިލުވުމަށް އޭނާ މަސައްކަތް ކޮށްފަައިވާ ކަމަށެެވެ. އަދި ތުހުމަތުކުރެވޭ މީހުން ދުއްވި ސައިކަލު ކުއްޔަށް ނެގުމުގައި އެމީހާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ހެކި ފުލުހުން ހުށައަޅާފަައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

މިމައްސަލަ އާއި ގުޅޭ މައުލޫމާތެއް ފުލުހުން އަދި މީޑިޔާއަށް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން