20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުގެ ޖަގަހައިގައި ރޯކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ޕީއެންސީ ކެންޑިޑޭޓު ފަރުހަތު މުހައްމަދުގެ ޖަގަހައިގައި ރޯކޮށްލާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ފުލުހުންގެ އިދާރާއިން މިރޭ ބުނީ، ކެމްޕެއިން އޮފީހުގައި އަލިފާން ރޯކޮށްލިކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިއަދު މެންދުރު 2:55 ހާއިރު 31 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖަގަހައިގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް މީގެ ކުރިން މީސްމީޑިއާގައި ވެސް އާންމު ވެފައިވެއެވެ. އެ ވީޑިއޯގައި ވިއްސާރަ ކޯޓެއް ލައި, މޫނު ނިވާކޮށްގެން ތިބި ދެ މީހަކު މެންދަމުން އަލިވެ 3:49 ގައި ކެމްޕެއިން އޮފީހަށް ވަދެ އަލިފާން ރޯކޮށްލާފައި ދާ މަންޒަރު ފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން