މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީއާ ހިސާބަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ރީނދޫ އެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ، ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭތީ ފުވައްމުލަކުން އައްޑޫއާ ހިސާބަށް ރީނދޫ އެލަރޓް ނެރެފައިވާ ކަމަށާއި އެލަރޓް ނެރެފައިވަނީ މިރޭ 8:30 އިން 00:30 އަށް ކަމަށެވެ.



އެހެންކަމުން އެ ސަރަހައްދުގެ ރައްޔިތުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އައްޑޫ ސިޓީއަށް މިހާރުވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެއާއިއެކު އެ ސިޓީގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެފައިވާކަމަށް ސިޓީ ކައުންސިލުން ދެންމެވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން