މި ފަހުން ވެރިކަމަށް އައި ސަރުކާރުތަކުގައި އިދިކޮޅު ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި ގޮނޑި މަދުން ކާމިޔާބުކުރެވުން ސަބަބުތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.
ރީކޯ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ފާއިތުވި ތިން ދައުރުގައި މަޖިލިސް އިންތިހާބުގެ ނަތީޖާތަކަށް އަލިއަޅުވާލައްވައިފަ އެވެ.
އެގޮތުން 18 ވަނަ މަޖްލީހުންފެށިގެން. ކޮންމެ އިންތިހާބެއްގައި ވެސް ސަރުކާރު ހިންގާ ޕާޓީއަށްމެޖޯރިޓީީ ލިބެމުން އަންނަކަމަށާއި މިއީ ސިޔާސީ ގޮތުން ކުޅިބައި އެތުރެމުންދާގޮތްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"އިދިކޮޅުފާޓއަށް ލިބޭގޮނޑި މަދުވަނީ ކޮންސަބަބަކާހުރެތޯ ބަލާ ،ދިރާސާކުރުމަކީ ޑިމޮކްރަސީއަށް މުހިއްމުކަމެއް" ރީކޯ ވިދާޅުވި އެވެ.
އަށާރަ ވަނަ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ކާމިޔާބުކުރީ އޭރު ވެރިކަން ކުރި ޕީޕީއެމްއިން އެވެ. އަދި ނަވާރަ ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގީ އެ ދައުރުގައި ވެރިކަން ކުރި އެމްޑީޕީން ނެވެ،
ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީން ވަނީ ނަގައިފަ އެވެ. އެމްޑީޕީއަށް ނެގުނީ އެންމެ 12 ގޮނޑި އެވެ.
އެހެންވެ ގިނަ ބައެއްގެ ނުރުހުން އެމްޑީޕީގެ ލީޑާޝިޕަށް ވަނީ އަމާޒުވެފަ އެވެ.
އަދި ލީޑާޝިޕްގެ އިސް ބެފުޅުން މަގާމުން އިސްތިއުފާ ދިނުމަށް ގޮވާ އަޑުވެސް ވަނީ ގަދަވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު