އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް، އެ ގައުމުގެ ޒުވާނުން ("ޖެން-ޒީ") އިސްނަގައިގެން ކުރިއަށްގެންދާ ވަރުގަދަ އިހުތިޖާޖުތައް ހުއްޓުވުމަށް ސަރުކާރުން ކުރި މަސައްކަތްތައް ނާކާމިޔާބުވެ، ސިޔާސީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ރޭވި މުޒާހަރާތަކާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އިންޓަނެޓްގެ ހިދުމަތް ކަނޑާލުމުގެ އިތުރުން "ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީޖޭޕީ) ގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް، ފުލުހުންގެ ބަންދަށް ގެންދިޔަ ވަގުތުވެސް އެ ޒުވާނުން ދިޔައީ މީޑިއާތައް މެދުވެރިކޮށް، ސަރުކާރާ ދެކޮޅަށް އެމީހުންގެ އަޑު އުފުލައި ޝުއޫރުތައް ފާޅުކުރަމުންނެވެ.
މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ބޮޑުވަޒީރު މޯދީގެ ވެރިކަމަށް ކުރިމަތިވި މިފަދަ އެންމެ ވަރުގަދަ ސިޔާސީ އަދި އިޖުތިމާއީ ލޮޅުމެވެ.
މި އިހުތިޖާޖުތަކުގެ ފެށުމަކީ، ގައުމީ އިމްތިހާނުތަކުގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އަދި ވަޒީފާގެ ފުރުސަތުތައް މަދުވުމާ ގުޅިގެން މި އަހަރުގެ ޖުލައި މަހު ސީޖޭޕީން ފެށި ހަރަކާތްތަކެވެ. މި ހަރަކާތްތަކުގެ ފިއްތުންތައް ބޮޑުވެ، އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަންވެސް މަޖުބޫރުވިއެވެ. މީގެއިތުރުން، ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތަކާއި މީމްސް އަދި ޕޯސްޓަރުތައް މެދުވެރިކޮށް ޒުވާނުން ވަނީ ބޮޑުވަޒީރު މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތްކޮށްފައެވެ.
މިފަހަރުގެ އިހުތިޖާޖުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިންޑިއާގެ އިންތިހާބީ ނިޒާމު އިންސާފުވެރި ނޫން ކަމަށް ބުނެ، އެ ނިޒާމާ ދެކޮޅަށެވެ. މި ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ދިއްލީގެ ވައިގެ ބަނދަރުން ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ އާއި އޭނާގެ ދެ އެހީތެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސިއްރު ތަނެއްގައި 24 ގަޑިއިރު ވަންދެން ބަންދުކޮށްފައި ބެހެއްޓިއެވެ.
މި މުޒާހަރާތަކުގެ ތެރެއިން 7،000 އަށްވުރެ ގިނަ ޒުވާނުން ހައްޔަރުކުރި ނަމަވެސް، އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ދޫކޮށްލާފައެވެ. ދިއްލީގެ މަގުތައް ބަންދުކޮށް، ޑްރޯން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސަލާމަތީ ބާރުތަކުން ފާރަވެރިވި ނަމަވެސް، ޒުވާނުންގެ އަޒުމަކަށް އެއްވެސް ގުޑުމެއް ނާރައެވެ.
ހަލުވިކަމާއެކު ފުޅާވަމުންދާ މި އިހުތިޖާޖުތަކުގެ ސަބަބުން، ޒުވާނުންގެ އަޑު ކަނޑުވާލުމަށާއި، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އުފެދެމުންދާ ރައްޔިތުންގެ ރުޅިވެރިކަން ކޮންޓްރޯލް ކުރުމުގައި އިންޑިއާ ސަރުކާރު ވަނީ ވަރަށް ބޮޑަށް ނުކުޅެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު