ދަނޑުވެރިންގެ މާރުކޭޓު ނަމުގައި އައްޑޫގައި ހުޅުވި މާރުކޭޓް
ދަނޑުވެރިންގެ މާރުކޭޓު ނަމުގައި އައްޑޫގައި ހުޅުވި މާރުކޭޓް
ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓު ނަމުގައި މާރުކޭޓެއް ހުޅުވައިފިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑު ސިޓީ މީދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެ މާރުކޭޓު ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ.

"ވީކެންޑް މާރކެޓް“ގެ ނަމުގައި ހުޅުވި މި މާރުކޭޓަކީ ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް މި ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މާރުކޭޓެއް ކަމަށާއި އެ މާރުކޭޓް މެދުވެރިކޮށް ދަނޑުވެރިންގެ އުފެއްދުންތަކާއި، އައްޑޫގެ އަމިއްލަ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށް ފިޝަރީޒް މިިނިސްޓްރީން ބުންޏެވެ.

އަދި މި މާރުކޭޓުގެ ސަބަބުން ތަރުކާރީއާއި މޭވާގެ އިތުރުން، ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި އަމިއްލަ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކަކާއި އެކު އަންނަނީ ފާހަގަކުރަމުންނެވެ. މި މަހުގެ 11 އިން 18 އަށް ރާއްޖޭގެ ބައެއް ރަށްރަށުގައި އެކި ހަރަކާތްތައް އަންނަނީ ރާވާ ހިންގަމުންނެވެ. އޭގެ ތެރޭގައި ހދ ހަނިމާދޫ ރ.އަނގޮޅި ތީމު ރ.ކިނޮޅަސް ލ.މަބައިދޫ ރ.ދުވާފަރު ހދ.ނޮޅިވަރަމް ނ.ލަންދޫ އަދި ހއ ބާރަށް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު