ގެދޮރު އިމާރާތްކުރުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ދައްކަންޖެހޭ އިކުއިޓީ ހަމަޖެއްސުމުގައި އެހީތެރިވުމަށް ޚާއްޞަ ސްކީމެއް ތަޢާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާ ކަމަށާއި، މީގެ ސަބަބުން ގޯތި އޮތް ނަމަވެސް އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދެއްވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި އެޕިސޯޑުގައި ބައިވެރިވި އާންމު ފަރާތަކުން ވަނީ ހުޅުމާލެ ފޭސް 2 އިން ލިބިފައިވާ ބިމުގައި ގެދޮރު އިމާރާތްކުރުމަށް ބޭންކު ލޯނެއް ހޯދުމުގައި ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ. އަދި ބޭންކުގެ ޝަރުތުތައް ހަމަނުވާތީ އެ ބިމުގައި އިމާރާތްކުރުމުގެ މަސައްކަތް އެއްގޮތަކަށްވެސް ކުރިއަށް ނުދާކަން އެފަރާތުން ފާހަގަކުރިއެވެ.
މިކަމާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، ގެދޮރު އިމާރަތްކުރުމަށް ބޭންކުތައް މެދުވެރިކޮށް އާންމުންނަށް ލުއިފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން ބޭންކަށް ދައްކަންޖެހޭ 5 އިންސައްތައިގެ އިކުއިޓީ ކޮމްޕޮނެންޓް ހަމަޖައްސައިދިނުމަށްޓަކައި ޚާއްޞަ އުސޫލެއް އެކުލަވާލަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސްކީމުގެ މުހިންމު ތަފްސީލުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިއީ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަމެއް ކަމަށެވެ. މިއަށް ބޭނުންވާ ފަންޑު މިހާރުވެސް މިހާރު ޓްރަސްޓް ފަންޑުގައި އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވީ ކޮންމެ ފަރުދަކަށް ވެސް 2 ލައްކަ ރުފިޔާއާ ހަމައަށް އެ ސްކީމްގެ ދަށުން ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.ރައީސް ވިދާޅުވިގޮތުގައި ބިން ލިބިފައިވާ ފަރާތްތައް ގުޅިގެން މަސައްކަތްކުރާނަމަ، 5 މީހުން އެކުވެގެން 1 މިލިއަން ރުފިޔާ ނުވަތަ 3 މީހުން އެކުވެގެންވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދައި، އިކުއިޓީގެ ބޮޑު ބައެއް ހަމަޖެއްސޭނެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ސްކީމް ކުރިއަށްގެންދާނީ ވަރަށް ލުއި ޝަރުތުތަކާއެކު ކަމަށާއި، އިސްކަންދޭނީ ސޯޝަލް ހައުސިންގެ ތެރެއިން ފްލެޓެއް ލިބިފައިނުވާ، އެއްވެސް މިންވަރަކަށް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ކަމަށެވެ.
މި ސްކީމްގެ އިތުރުން ސަރުކާރުގެ މައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތައްޔާރީތައްވެސް ކުރިއަށްދާއިރު، މި ސްކީމްތައް އާންމުކޮށް ހުޅުވާލުމުން ގެދޮރުވެރިވާން ބޭނުންވެފައި ތިބި ގިނަ ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު