ކ. ގުރައިދޫގައި އިއްޔެ ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އޭނާއަށް ފަރުވާދެމުންދާ އައިޖީއެމްއެޗުން ބުނެފިއެވެ.
އިއްޔެ ހިނގި އެ ހާދިސާއާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ދިވެހި ފިރިހެން މީހާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައިކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
"އަތުގެ ސާޖަރީއެއް ހެދީ. ހާލު ސްޓޭބަލް،" އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މި މާރާމާރީގައި ވަޅިން ހަމަލާދިން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު