ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް ދެ ކިލޯއެއްހާ ޑުރަގު އެތެެރެކުރި އިންޑިއާ މީހާ އޭނާ ގެނައި ޑުރަގަކީ އަމިއްލަ ބޭނުމަށް ގެނައި އެއްޗެހިކަމަށް އަދިވެސް ބުނަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ކެނެބިސްގެ ބާވަތެއް ކަމަށްވާ ޓީއެޗްސީ އެތެރެކޮށް މިދިޔަ އޮގަސްޓު މަސް ނިމެން އުޅެނިކޮށް ހައްޔަރުކުރި ޝަނަވާސް މަލަޔިލް(39އ.)ގެ ބަންދު ދެތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު އޭނާ އެއްބާރުލުން ނުދީގެން ކޮންޓްރޯލް ޑެލިވަރީ ކުރިއަށް ގެންދެވިފައިވާ ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނެރުނު ކޯޓު އަމުރުތަކުގައި ބުނެފައިވެއެވެ.

ޝަނަވާސްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައި މިއަދު ނެރުނު ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އަމިއްލަ އެއްޗެހި ކަމަށާއި އެއީ އެއްވެސް ފަރާތަކާ ހަވާލުކުރަން ގެނައި އެއްޗެއް ނޫންކަމަށް އޭނާ ބުނެފައިވެއެވެ.

ޝަނަވާސްގެ ކުޑަކަމުދާ ތަކެތި ކެނެބިސްއާއި މެތައެމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާއިރު ފުލުހުން ވަނީ އޭގެ ރިޕޯޓްއާއި އޭނާގެ ފޯން އެކްޓްރެކްޝަން ރިޕޯޓްވެސް ހުށަހަޅައިފައެވެ.



ކިޔުންތެރިންގެ ހިޔާލު