ރަސްފަންނު
ރަސްފަންނު
މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކޮށް ބެލެހެއްޓުމަށްޓަކައި، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައި އޮތް 14 ބިމެއް ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ އެންޑް ހައުސިންއިން މިއަދު ކުރި އިއުލާނެއްގައިވަނީ، ދައުލަތަށް ނެގި ބިންތަކުގެ ލިސްޓާއި އެ ސަރަހައްދުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް އާންމުކޮށްފައެވެ.

ދައުލަތަށް ނެގި މައިގަނޑު ސަރަހައްދުތައް:

ރަސްފަންނު

ސަލްޓަންޕާކު

ތައިސޭ ކޮށި

އާޓިފިޝަލް ބީޗު

ކާނިވާ ސަރަހައްދު

ބޮނޑިބަތް ޕާކު

މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް

މަސްވެރިންގެ މައިޒާން

ހައުސިން މިނިސްޓްރީ އިން ބުނީ މި ބިންތަކުގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އެކަމަށްޓަކައި އިއުލާންކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް މިހާރު ދީފައިވާ ކަމަަށެވެ. އަދި އެފަދަ ހިޔާލުތައް ލިޔުމުން މިނިސްޓްރީއަށް ހުށަހެޅުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު