42,000 މީހުން ބައިވެރިވާ، ފައިޒަރ ކުންފުނިން ކޮރޯނާވައިރަހަށް ތައްޔާރު ކުރި ވެކްސިންގެ ތަހުލީލުތަކުގެ ތިންވަނަ މަރުހަލާ ނިމުމަކަށް އައިސްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފައިޒަރ ކުންފުނިން ހާމަކޮށްފައިވާގޮތުގައި، އެކުންފުނިން ތައްޔާރު ކުރި ވެކްސިން، މިހާތަނަށް 36،000 މީހުންނަށް ދެވި މިވެކްސިންގެ ތަހުލީލުތައް ކުރެވިފައިވާކަމަށެވެ. އަދި މި އިން ކޮންމެ މީހަކަށް މި ވެކްސިންގެ ދެ ޑޯޒް ދެވިފައިވެއެވެ.

ފައިޒަރ ކުންފުނީގެ ވެކްސިންގެ ތަހުލީލުތައް ކުރިއަށް ގެންދަނީ ޖަރުމަނުގެ ބޭސް އުފައްދާ ކުންފުނި ބައޯޓެކް އާއި ގުޅިގެންނެވެ. މިވެކްސިން މެދުވެރިކޮށް ކޮރޯނާވައިރަހުން ސަލާމަތް ވުމަށް ދީފާއީނިޒާމު ވަރުގަދަ ކުރުމުގެ އުއްމީދު އޮތްކަމަށް، ވެކްސިންގެ ތަހުލީލުތަކުގައި ހަރަކާތްތެރިވާ ސައިންސްވެރިން ހާމަކުރެއެވެ.

ފައިޒަރ ކުންފުނީގެ ވެކްސިންގެ ތަހުލީލުތަކުގައި މީގެކުރިން ބައިވެރި ކުރުމަށް ހަމަޖެހިފައިވީ 30،000 މީހުންނެވެ، ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު މިއަދަދު އިތުރުކޮށް ގިނަ ބަޔަކު ބޭނުންކޮށްގެން ފުރިހަމަ ތަހުލީލެއް ހެދުމަށް ނިންމާފައިވެއެވެ.

ފައިޒަރ ކުންފުނީގެ އިތުރުން، ވެކްސިންގެ ތަހުލީލުތަކުގެ ތިންވަނަ މަރުހަލާގައި އުޅެނީ މޮޑަރނަރ، އެސްޓްރަރޒެނެކާ އަދި ޖޮންސަން އެންޑް ޖޮންސަން ކުންފުނިން އުފައްދާފައިވާ ވެކްސިންތަކެވެ.

ފައިޒަރ ކުންފުނިން ހާމަކޮށްފައިވާގޮތުގައި، އެކުންފުނީގެ ވެކްސިންގެ ތަހުލީލު ތަކުގެ ފުރިހަމަ ނަތީޖާއެއް ލިބި ވެކްސިން އާންމު ކުރުމުގެ ހުއްދައަށް މިއަންނަ މަހު އެދެވޭނެކަމަށް ލަފާކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން