ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
މާލޭގެ 17 މެންބަރުން އެއްވިސްނުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެމްއެންޕީގެ ނާއިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖްގެ ޗެއަރމަންގެ މަޤާމުގައިވެސް ހުންނެވި ޝަރީފް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މާލެ ހުޅުމާލެ އަދި ވިލިމާލެ ތަމްސީލް ކުރުމަށް ހޮވާފައިވާ 17 މެންބަރުންގެ ވިސްނުން ގުރޭޓާމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފްތަކަށް ހައްލު ހޯދައި ދިނުމުގައި އެއްގޮތް ވާންޖެހޭނެކަމަށެވެ.

އަދި އެ 17 މެންބަރުން އެއް އަމާޒަކަށް މަސައްކަތް ކުރަށްވައިފިނަމަ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ އާއްމު ޙާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

“ޕާކިންގް، ގަރާޖު، ވޯކްޝޮޕްތަކާއި ލަކުޑި ގުދަންތަކުގެ މައްސަލަ، މަގުތަކާއި، މަގުތަކުގައި ފެންބޮޑުވާ މައްސަލަ، ބިދޭސީން ގޭދޮރުމަތީގައި ހިންގާ ސައިހޮޓަލުގެ ދުންހޮޅީގެ މައްސަލަ، ހަނިގޯޅިތަކުން ވަދެވޭ ގޭގޭގެ ދޮރޮއަށިނެއް މައްސަލަ، ދިޔަދޮއި ފެނާއި އޭސީ ފެންހޮޅި މަގުމައްޗަށް ދޫކޮށްލާ މައްސަލަ، ބުޅަލުގެ މައްސަލަ، ބިދޭސީންގެ މައްސަލަ.” މާލޭ ސަރަޙައްދުގައި ޙައްލު ކުރުމަށް ހުރި މައްސަލަތައް ފާހަގަ ކުރަށްވަމުން ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު މިދިޔަ އާދީއްތަ ދުވަހު ބޭއްވި މަޖިލީސް އިންތިޚާބުގައި މާލޭ ސަރަޙައްދުގެ 17 ގޮނޑީގެ ތެރެއިން 14 ގޮނޑި ކާމިޔާބު ކޮށްފައިވަނީ ސަރުކާރަށް ތާޢީދު ކުރަށްވާ މެންބަރުންނެވެ.

މީގެ ކުރިން މާލޭގެ މެޖޯރިޓީ ހޯދަމުންދިޔަ އެމްޑީޕީއަށް މި އިންތިޚާބުގައި މާލެއިން ލިބުނީ 3 ގޮނޑިއެވެ. އަދި މުޅި ރާއްޖޭއިން އެމްޑީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ.

20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ 77 ގޮނޑިއާއެކު ސަރުކާރުން ވަނީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން