މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ ބަލިވެއިންކަން ހާމަކޮށްފިއެވެ.

އުމުރުން 35 އަހަރު ޒުވާން ލަވަކިޔުންތެރިޔާ ބަލިވެއިނީ އޭނާގެ މިހާރުގެ ލޯބިބެރިޔާ އޯރލާންޑޯ ބްލޫމްގެ ދަރިއަކަށެވެ. ޕެރީ މިކަން ހާމަކޮށްފައިވަނީ އޭނާގެ އާ މިއުޒިކް ވިޑިއޯ “ނެވަރ ވޯން ވައިޓް” ރިލީސް ކުރުމަށް ބޭއްވި ހަފުލާގައެވެ.

ބަލިވެއިންކަން ހާމަކުރަމުން ޕެރީ ބުނީ އެމީހުން މިހާރު މިތިބީ އެދަރިފުޅުގެ އިންތިޒާރުގައި ކެތް މަދުވެފައި ކަމަށެވެ. އަލަށް ރިލީސްކުރި ވިޑިއޯ ލަވައިގައި ޕެރީ ފެންނަނީވެސް ބަނޑުބޮޑުއިރު ލާ ހުދުކުލައިގެ ދިގު ހެދުމެއްގައެވެ.

ޕެރީއާއި ބްލޫމް ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެމީހުން އެންގޭޖްވީ ހުސްވި 2019 ވަނަ އަހަރުގެ ތެރޭގައެވެ. އުމުރުން 43 އަހަރުގެ ބްލޫމް ޕެރީއާއި ލޯބީގެ ގޮތުން ގުޅުނުއިރު އޭނާގެ ކުރީގެ އަނބިމީހާ މިރަންޑާ ކެރްއަށް ލިބުނު ފިރިހެން ދަރިއަކު ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން