އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވަނީ 2023 ވަނަ އަހަރުގެ ޖޫން 25 އާއި ޖޫން 26 ގެ އިތުރުން 28 ސެޕްޓެމްބަރ ވެސް ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ދުވަސްތައް ބަންދު ކުރަނީ އީދު ބަންދުތަކާއި ރަސޫލާގެ އީދު މީލާދު ދުވަހާއި ގުޅިގެންނެވެ.

މީގެކުރިން އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވަނީ 19 ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން