މާފުށީގައި ހުންނަ ޖަލު
މާފުށީގައި ހުންނަ ޖަލު
މާފުށީ ޖަލުގައި ކޮވިޑް ފެތުރި ޙާލަތު ގޯސްވެއްޖެއެވެ.

މާފުށީ ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާފުށި ޖަލުގައި ކޮވިޑް-19ގެ އަލާމާތް ހުރި އޮފިސަރުންނާއި ގައިދީންގެ ސާމްޕަލްތަކެއް ނެގުުމުން 7 އޮފިސަރުންނާއި 4 ގައިދީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މިއަދު ހަވީރު 4:00 އިން ފެށިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެންނާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.



އޭގެ އިތުރުން މާފުށި ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިންވެސް ޖަލުތަކުގައި ކޮވިޑް-19 ފެތުރިގެން ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. އޭގެތެރޭގައި މާފުށީ ޖަލާއި މާލެ ޖަލާއި ހުޅުމާލެ ޖަލު ހިމެނެއެވެ. ކޮވިޑް ކޭސްތަކެއް ފެނިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެނައުމަށް ނިންމާފައިވާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ކުށްވެރިން ވަނީ ގެއަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން