ހިޔާ ފްލެޓް ސަރަހައްދުގައި ފުލުހުންނާއި އެޗްޑީސީގެ ފަރާތުން ފެންނަނީ ވަރަށް ވިޔާނުދާ މަންޒަރެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވީ، ހިޔާ ފްލެޓް ސަރަހައްދުގައި ޕީޕީއެމްއިން ބާއްވަން އުޅޭ ޖަލްސާ ބޭއްވިޔަ ނުދިނުމަށްޓަކައި ސަރުކާރުން އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏ޢާންމުންގެ ސާމާނުތައް ވަގަށްގެންދިޔައިރު ހިޔާ ފްލެޓް ސަރަޙައްދު ޕޮލިހުންނަށް ނުބެލެހެއްޓޭނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިކަމަށެވެ. ނަމަވެސް ޖަލްސާއެއް ބާއްވާލާ ޚަބަރަށް އެޗްޑީސީއާއި ފުލުހުން އެލާޓަށް އައިސްގެން ކުރާ ކަންކަމުން ފެންނަނީ ވަރަށް ވިޔާ ނުދާ މަންޒަރެއްކަމަށް ޒައިދު ވިދާޅުވިއެެވެ.



ހިޔާ ފްލެޓް ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންނާއި އެޗްޑީސީގެ އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، މީގެކުރިން އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ސަރުކާރަށް ނުވާނެކަމެއްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.





ނަމަވެސް މިއަދު ހިޔާ ފްލެޓް ސަރަހައްދުން ފެންނަ މަންޒަރުން، އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން ސަރުކާރުން ބޭނުންވާނަމަ އެއީ ކުރެވޭނެކަމެއްކަން ހާމަވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން