ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓަމުން ގެންދާ ދިވެހި ރައްޔިތުންގެ މައުލޫމާތު ދިރާގާއި ހިއްސާކޮށް ސްކޭމް ކޯލްތައް މަދުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ދެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޑިއެންއާރުން މިއަދު ބުނީ، މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު ޑީއެންއާރުގެ އޭޕީއައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ޑީއެންއާރުން ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މައުލޫމާތު ދިރާގާއި ހިއްސާ ކުރެވިގެންދާނެ ކަމަށެވެ.
އަދި މި އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ޞައްހަކަށް ޑީ.އެން.އާރުގެ ޑޭޓާ މެދުވެރިކޮށް ކަށަވަރުކުރެވޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން މިހާރު ޢާންމު ވަމުންދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދެވޭނެ ކަމަށް ވެސް ޑީއެންއާރުން ވަނީ ބުނެފައެވެ.
ސަބަބަކީ ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ޚިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މަޢުލޫމާތު ޑީއެންއާރުގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެތީ ކަމަށާއި އަދި އޮޅުވާލައިގެން ސިމްކާޑު ނެގުންވެސް މީގެ ފަހުން ހުއްޓުވިގެން ދާނެތީކަމަށް ވެސް އެ ޑިޕާޓުމަންޓުން ބުނެއެވެ.
ރާއްޖޭގައި އެކަކުގެ ނަމުގައި އެތައް ސިމެއް ނެގުމަކީ އާންމު ކަމެކެވެ. އަދި އެކަން ހުއްޓުވަން މުއާސަލާތީ ހިދުމަތްދޭ ތަންތަނުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަންވެސް ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު