ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޯން ވޭރިއަންޓާއި ދެކޮޅަށް ކޮވިޑް ވެކްސިން މަސަައްކަތް ކުރާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ އޮފިޝަލަކު ވިދާޅުވީ އެޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ މީހުންނަށް މިހާރު ހުރި ވެކްސިންތަކުން ވެސް ރައްކާތެރިކަން ހޯދޭނެ ކަމަށެވެ. އެގޮތުން މި ވޭރިއަންޓް ދިރާސާކުރުމަށް ހެދުނު ފުރަތަމަ ލެބް ޓެސްޓުންވެސް ދެނެގަނެވުނީ ވެކްސިނަކީ މި ވޭރިއަންޓާ ދެކޮޅަށް މަަސައްކަތް ކުރާނެ ވެކްސިނެއް ކަމަށެވެ.

ދެކުނު އެފްރިކާއިން ކުރި ދިރާސާތަކުން ބުނަނީ އަސްލު ކޮވިޑް ސްޓްރެއިންގައި މަސައްކަތް ކުރާ މިންވަރާ އެއްގޮތަށް އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް އެންޓިބޮޑީޒް ނިއުޓްރަލައިޒް ކުރުމުގައި ފައިޒަރ އަދި ބައޯއެންޓެކް ވެކްސިން ވެސް މަސައްކަތް ކުރާކަމަށެވެ.

މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ އިމަޖެންސީސްގެ އެގްޒެކެޓިވް ޑައިރެކްޓާ ޑރ. މައިކް ރަޔާން ވިދާޅުވީ، އެހެން ވޭރިއަންޓްތަކާ އެއްގޮތަށް އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށްވެސް ވެކްސިން މަސައްކަތްކުރާނެ ކަމަށެވެ.

މީގެއިތުރުން، ޑރ. ރަޔާން ވިދާޅުވީ، މިހާތަނަށް ހުރިހާ ވޭރިއަންޓްތަކާ ދެކޮޅަށް ވެސް ވެކްސިން ވަނީ ކާމިޔާބު ހޯދާފައި ކަމަށެވެ. އަދި އޮމިކްރޮން ވޭރިއަންޓް ޖެހޭ މީހުންގެ ކިބައިން ފެންނަނީ ކުދި އަލާމާތްތަކެއް ކަމުން އޮމިކްރޯން ވޭރިއަންޓާއި ދެކޮޅަށްވެސް ވެކްސިން މަސައްކަތް ކުރާނެކަމަށް ޑރ. ރަޔާން ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭ ދިރާސާތައް އަދިވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން ޑރ. ރަޔާން ވިދާޅުވީ މިހާރު ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، އޮމިކްރޯން ވޭރިއަންޓަކީ ޑެލްޓާ ވޭރިއަންޓެކޭ އެއްފަދަ ވޭރިއަންޓެއް ކަމުގައި ފާހަގަވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން