މާޝާ މިދުހަތު   11 ސެޕްޓެމްބަރު 2021 - 11:51
ފްރާންސްގައި ދޫނި ރޯގާ، ނުވަތަ އެޗް5އެން8 ފެތުރެންފަށައިފިއެވެ.


ފްރާންސްގައި ދޫނި ރޯގާ ފެތުރެން ފަށާފައިވަނީ ފްރާންސްގެ އުތުރުއިރުމަތިން ބެލްޖިއަމް ބޯޑަރު ސަރަހައްދުގައި އަމިއްލަ މީހެއްގެ ގެއެއްގައި ގެންގުޅެމުންދާ ޖަނަވާރުތަކަކުންކަމަށް ފްްރާންސްގެ ފަރމް މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.

އަދި މިހާރު ދޫނި ރޯގާ، އެޗް5އެން8 އިތުރަށް ފެތުރުމާއެކު، މިބަލި ފެނުނު ގޭގައި ގެންގުޅުނު ދޫނިތައް ނައްތާލާފައިވާކަމަށްވެސް ފްްރާންސްގެ ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

"ދޫނި ރޯގާގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތެރިކަން ކަންބޮޑުވާންޖެހޭ މިންވަރަށް އެބަދޭ. ޔޫރަޕުގައި އޮގަސްޓު މަހުން ފެށިގެން މިބަލީގެ 25 ކޭސް ރިޕޯޓުކުރެވިފައިވޭ." ފްްރާންސްގެ ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އަދި މިބައްޔަށް ސަމާލު ނުވެއްޖެނަމަ އިތުރަށް މިބަލި ފެތުރުމުގެ ބިރު އެބައޮތްކަމަށްވެސް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ދޫނި ރޯގާ އެޗް5އެން8 އަކީ ދޫނީގެ އެކިވައްތަރުތަކަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބައްޔަކީ އިންސާނުން ގަޔަށް އަރާ ބައްޔެއް ނޫން ކަމަށް މީގެ ކުރީގެ ދިރާސާތަކުން ދައްކައިފައިވީނަމަވެސް މިއަހަރު ރަޝިޔާގެ 7 މީހަކަށް މިބަލި ޖެހިފައިވެއެވެ. މި ހަތް މީހުންނަށް ދޫނި ރޯގާ ޖެހިފައިވަނީ މިބަލި ޖެހިފައިވާ ދޫނިތަކެއްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު