ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗް އަލީ ސުޒޭން
ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗް އަލީ ސުޒޭން
ގައުމީ ފުޓުބޯޅަ ޓީމުގެކޯޗް އަލީ ސުޒޭން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.


ސުޒޭން ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ ބަލީގެ އަލާމާތްތަކެއް ފެނި ބައްޔަށް ޓެސްޓު ކުރުމުންނެވެ. ސުޒޭން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ޤައުމީ ޓީމް ދަނީ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތައް ތައްޔާރުވަމުންނެވެ. އެ މުބާރާތް އޮންނާނީ ރާއްޖޭގައެވެ.

އެކަމާގުޅިގެން ހުކުރު ދުވަހު ދުބާއީއަށް ފުރާ ގައުމީ ޓީމާއެކު ސުޒޭން ދަތުރެއް ނުކުރާނެއެވެ. ޤައުމީޓީމްގެ ކޭމްޕާއި ސުޒޭން ގުޅޭނީ 14 ދުވަސް ފަހުންނެވެ. ދުބާއީ ދަތުރަށް ފަހު ޤައުމީ ޓީމް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވުމުން ޓީމުގައި ހިމެނޭ 30 ކުޅުންތެރިންނާއި ހުރިހާ އޮފިޝަލުން ވަނީ ބައްޔަށް ޓެސްޓު ކޮށްފައެވެ. ނަމަވެސް އިތުރު އެއްވެސް އޮފިޝަލަކުވެސް އަދި ކުޅުންތެރިއަކުވެސް ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕް ހުޅުވާ މެޗުގައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ރާއްޖެ ނިކުންނާނީ ނޭޕާލް އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު