ރައީސް ނަޝީދަށް ޙަމަލާ ދިނުމަށް ބޭނުންކުރި ސައިކަލް
ރައީސް ނަޝީދަށް ޙަމަލާ ދިނުމަށް ބޭނުންކުރި ސައިކަލް
ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން ހައްޔަރުގައި ތިބި މީހުން އިއުތިރާފް އެއްބަސްވުން ހަދަން ހުށައަޅައިފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް ގުޅިގެން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތާއިއެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާއިމެދު އަދި ވަކިގޮތެއް ނިންމާފައިނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް މިރޭ ވިދާޅުވީ، މިހާރު ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތަކުގައި އޮގަސްޓް ހަތަރެއްގެ ކުރިން ލިޔުންތައް ކޯޓަށް ހުށަހަޅަން ޖެހޭކަމަށެވެ. އަދި މިމީހުންގެ މައްސަލަތަކުގައި 30 ދުވަހުގެ ތެރޭގައި އިބްތިދާއީ އަޑުއެހުން ފަށަން ޖެހޭ ކަމަށާއި، ތިންމަސް ދުވަހުގެ ތެރޭގައި ޝަރީއަތް ނިމި ކޮޅެއްގައި ޖެހޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ޕީޖީ ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުން ދިރާސާކުރުމަށް ފަހު، ދެން އޮންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާ ކުރާނެކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން މިރޭ ވަނަވަރު އާންމުކޮށްފައިވަނީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ކ. މާލެ ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކު، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް ކަމަށެވެ.

މި ޙަމަލާގެ ތުހުމަތުގައި މިހާރު ދަޢުވާ ކުރުމަށް ފޮނުވާފައިވާ އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ ކަމަށެވެ. އަދި އަދުހަމް ހުރީ ޖާނު ގޮއްވާލައިގެން ނަމަވެސް އެ ހަމަލާ ދޭން ތައްޔާރަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށް ވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާއެވެ. އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން