ދެކުނު ކޮރެއާގެ މަޝްހޫރު ޕޮޕް ބޭންޑު، ބީޓީއެސް، އެންމެ ފަހުން ރިލީޒް ކުރި ލަވަ، ދެކުނު ކޮރެއާގެ ޖިމްތަކުގައި ޖެހުން މަނާކޮށްފިއެވެ.

ދެކުނު ކޮރެއާގެ ވެރިރަށް، ސޯލްގައި މިފަދަ ގަވާއިދެއް ހަދާފައިވަނީ، ޖިމްތަކުގައި މާ އަވަސް ލަވަތައް ޖެހުމުން ކަސްރަތު ކުރުމުގައި ލަވައިގެ ބީޓަށް ކަސްރަތު ކުރެވި، ކަސްރަތު ކުރާ މީހާއަށް ރިސްކު ބޮޑުވެދާނެތީކަމަށް ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. އަދި މިގަވާއިދާއެކު، ކަސްރަތު ކުރާ މީހުން އަވަސް އަވަހަށް ނޭވާލުން ކޮންޓްރޯލް ކުރެވި، ގައިން ހިއްލާ ދާ އެހެން މީހުންގެ ގަޔަށް ބުރުން މަދު ކުރެވިގެންދާނެ ކަމަށާއި، މިއާއެކު ޖިމްތަކުން ކޮވިޑް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އެހީވެވޭނެކަމަށްވެސް ދެކުނު ކޮރެއާގެ ސޯލް ގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ.


މިގަވާއިދުގެ ދަށުން ބީޓީއެސްގެ އެންމެ ފަހުން ރިލީޒް ކުރި "ޕާމިޝަން ޓު ޑާންސް" ލަވައިގެ އިތުރުން ކޮރެއާގެ ބައެއް މަޝްހޫރު ޕޮޕް ލަވަތައް، ސޯލްގެ ޖިމްތަކުގައި ޖެހުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް ޖިމް ހިންގާ މީހުން ދަނީ މިގަވާއިދު އެކުލަވާލަން ނިންމި ސަބަބާމެދު ސުވާލު އުފައްދަމުންނެވެ. އެމީހުން ބުނާގޮތުންނަމަ މަޑުމައިތިރި ލަވައެއް ނުވަތަ ބީޓީއެސްގެ ލަވައެއް ޖެހުމަކާއި ކޮވިޑް ވައިރަސް ފެތުރުމާއި ގުޅުމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު