ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވީ ގޮތުގެ ތަހުޤީޤެއް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިރޭ ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަކީ އެ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށާއި، އެހެންކަމުން ރައީސް ނަޝީދަށް ސަލާމަތީ ޚިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ރައްކާތެރިކަން ބްރީޗްވި ގޮތުގެ އިންކުއެރީއެއް ހެދުމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގު ކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެ މައްސަލަ ސީރިއަސް އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށާއި އެ މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން އެ މައްސަލައަށް ބޭނުންވާ ހެކި ހޯދަން ފުލުހުންނަށް އަންގަން ފާސްކޮށްފައިވާ ކަމަށް ކޮމެޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކަމާ ގުޅުންހުރި ބޭރުގެ ފަންނީ އަދި ގާބިލް ބޭފުޅުންގެ އެހީތެރިކަން ހޯދުމަށް ފުލުހުންނަށް ދެންނެވުމަށްވެސް ކޮމިޓީގެ ނިންމުމުގައި ވަނީ ހިމަނުއްވާފައެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއާއި ގުޅިގެން މިހާތަނަށް ދެ މީހުން ހައްޔަރު ކޮށްފައިވާއިރު، އެ މައްސަލައިގެ ތަޙުޤީޤުގައި އޮސްޓްރޭލިއާގެ ފެޑެރަލް އިންވެސްޓިގޭޝަން ފުލުހުން ވެސް މިހާރު ދަނީ ޙަރަކާތްތެރި ވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން