ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޙާލަތު މިހާރު ހުރި މިސްރާބަށް ބަލާއިރު އެކަކު އަނެކަކަށް "ލާދީނީ" ކިއުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށް ހަދަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މިމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ޙަމަލާގެ ފަހަތުގައި ތިބީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ފުލުހުން ހާމަ ކުރުމާގުޅިގެން ޑރ. ޝަހީދު މިއަދު ވިދާޅުވީ، ރާއްޖޭގެ ޙާލަތު މިހާރު އޮތީ ޤާނޫނީ ގޮތުން ލާދީނީ ކިއުން މަނާކުރަންޖެހޭ ޙާލަތުގައި ކަމަށެވެ.

ރައީސް ނަޝީދާއި އެމްޑީޕީއަކީ ލާދީނީ ބައެއް ކަމަށް ރާއްޖޭގައި އިސްލާމް ދީން ފެތުރުމަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ސިފަކޮށް ފިތުނަ އުފެއްދުމަށް ފަތުރާ ވާހަކަތަކަށް އިޝާރާތް ކުރަށްވާ ޑރ ޝަހީދު ވިދާލުވީ، "ލާދީނީ"، "މުރުތައްދު" ފަދަ ލޭބަލް ތަކަކީ "ނުރައްކާތެރި ބަސްމަގު" ކަން ބަލައިގަނެ، ތަކްފީރީ ބަސް ބޭނުން ކުރުން މަނާ ކުރާ ޤާނޫނެއް ފާސްކުރުން މިހާރުވެސް މާ ލަސްވެއްޖެ ކަމަށެވެ.



ފުލުހުން މިއަދު ބުނީ ޓެރަރިޒަމްގެ ހަމަލާގައި ހައްޔަރު ކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެ ދެމީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ.

އަދި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވީ މައްސަލައިގެ ތަހުޤީޤުގެ ތެރެއިން ހަރުކަށި ފިކުރުގެ ވިސްނުމާއި ގުޅުން ހުރި ކަންކަން ފެންނަމުން އަންނަ ކަމަށާއި، ތަހުގީގު ކުރިޔަށް ދާވަރަކަށް މި ކަންކަން އިތުރަށް ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ. ހައްޔަރު ކުރި ދެމީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ދެމީހުން ކަމުގައި ފާހަގަވީ ނަމަވެސް، ޝަމީމް މިއަދު ވިދާޅުވީ، ދީނީ ގޮތުން ހަރުކަށި ނުވެވޭނެ ކަމަށާއި، ދީނުގައި އޮތީ މެދުމިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


11

އަނގަކުޑޭ

11-May-2021

ހަރުކަށްޓޭ ކިއުންވެސް ދޯ ކުޑޭ!


11

ޢަލީ

11-May-2021

ގައުމުގަ ހަމަނުޖެހުން އުފައްދަން ކިޔާއެއްޗެއް.



ޓްރެންޑިން