އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިއަހަރުގެ ފިތުރު ޒަކާތް އިއްޔެ ބަލައިގަންނަން ފަށާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ އޮންލައިންކޮށް ޒަކާތް ދެއްކުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ދިރާގާއި އުރީދޫ އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އުރީދޫއާއި ދިރާގުން އެސްއެމްއެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. އަދި ފަހިޕޭ އެޕްލިކޭޝަންއާއި ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އޮންލައިންކޮށް ޒަކާތް ދެއްކުމަށް އިލްތިމާސްކުރިނަމަވެސް، އޮންލައިންކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށް، މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން މިނިސްޓްރީއަށް ގޮސް ޒަކާތް ދެއްކޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަމުން ދަނީ އެ ރަށެއްގައި ބަނޑުކެއުމެއްގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމަށް ވާ އަގެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން