އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި ހިންގާ އައިސް ޕްލާންޓުން އައިސް ވިއްކާ އަގު ހެޔޮކޮށްފި އެވެ.
އެމްޑަބްލިއުއެސްސީއިން ބުނީ އެ ކުންފުނިން މިއަދުން ފެށިގެން އައިސް ޓަނެއް ވިއްކާ އަގަކީ 1،050 ރުފިޔާ ކަމަށެވެ. ކުރިން އައިސް ޓަނެއް، ޖީއެސްޓީއާއެކު، އެކުންފުނިން ވިއްކީ 1،275 ރުފިޔާއަށެވެ.
އެމްޑަބްލިއުއެސްސީން އައިސް ވިއްކާ އަގު ހެޔޮކުރީ ދުވާފަރާއި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަށްކޮށް، އާއްމުކޮށް ހުރިހާ ފަރާތްތަކަށް، ވަކިން ޚާއްސަކޮށް މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީން ބުނީ އެ ޚިދުމަތަކީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށްބޮޑަށް ގުޅިފައިވާ ޚިދުމަތަކަށް ވުމާއެކު، އެމްޑަބްލިޔުއެސްސީން ޚިދުމަތް ފޯރުކޮށްދެނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ޚިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި މަސްވެރިކަމަކީ އެތައް ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މަސައްކަތަކަށް ވެފައި، އިގްތިސާދަށް އެހާމެ ފައިދާކުރަނިވި މަސައްކަތެއްކަމުން، މި ޚިދުމަތުގެ ޒަރީއާއިން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިއްސާކުރުމަކީ ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށް އެކުންފުނިން ބުނެ އެވެ.
އެމްޑަބްލިއުއެސްސީން އަންނަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓުން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ޚިދުމަތް ވެސް ދެމުންނެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 10:00 އާ ދެމެދު ދުވާފަރު ކަސްޓަމާ ސާވިސް މެދުވެރިކޮށް އައިސްއަށް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމްކޮށް، 2013 ވަނަ އަހަރުން ފެށިގެން އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް އެމްޑަބްލިއުއެސްސީ އަންނަނީ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު