އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ރާއްޖޭގެ ފުޓުބޯޅަ ސީޒަން ކެންސަލް ކޮށްފައި އޮތް ނަމަވެސް، އަލުން އާއްމު ހާލަތަށް ރުޖޫޢަވެވެން ވާއިރަށް ކުޅުންތެރިން ފިޓްކޮށް ތިބުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދިވަޑައިގެންފިއެވެ.

ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް ހެޔޮ އެދުންތައް ރައްދު ކުރައްވައި ބައްސާމް ފޮނުއްވި މެސެޖުގައި ވިދާޅުވީ، 2019/2020 ގެ ފުޓްބޯޅަ ސީޒަން ގެ ބާކީ ބައި ކުރިއަށް ނުގެންދާ ގޮތަށް ނިންމާލާފައިިވަނީ ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކާއި އެފްއޭއެމްގެ މުވައްޒަފުންނާއި މުޅި ފުޓްބޯޅަ އާއިލާގެ ރައްކާތެރިކަމަށް ސަމާލުވުމުގެ ގޮތުން ކަމަށެވެ.

ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ފެންނަން ފެށުމާ އެކު އެފްއޭއެމުން 2019-2020 ގެ ފުޓުބޯޅަ ސީޒަން ކެންސަލް ކުރީ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ސީޒަން ކެންސަލް ކުރި އިރު ދިވެހި ލީގު ނިމިފައި އޮތް ނަމަވެސް މުހިއްމު ދެ މުބާރާތެއް ނުނިމި އޮތެވެ.

މިކަމުގައި ކޮންމެ މީހަކަށްވެސް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ޕޮޒިޓިވް ވިސްނުމެއް ގެންގުޅުންކަން ފާހަގަ ކުރަށްވަމުން ބައްސާމް ވިދާޅުވީ "ވައިރަހުގެ ކިބައިން ސަލާމަތް ވުމަށް ކުރާ މަސައްކަތުގައި ކޮންމެ ވަކި ފަރުދަކަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ، އަހަރެމެން އެންމެން އެކުވެރި ކަމާއެކު މިތިބީ އެ މަގްސަދަށްޓަކައި." ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 226 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން