މިނިވަން މުއައްސަސާތަކަށް ސިޔާސީ އެކްޓިވިސްޓުން ނޫން ބަޔަކު އައްޔަންކުރާ ތަނެއް މިހާރަކު ނުފެންނަކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލަޔަންސް ބިއުރޯގެ ވެރިޔަކަށް ހުންނެވި މުހައްމަދު ޒާހިދަށް ކުރިމަތިކުރުވި ފިއްތުންތަކާއި ގުޅިގެން އޭނާ އިސްތިއުފާދެއްވުމުންނެވެ.

މިކަމަށް އިޝާރާތްކުރައްވައި، އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒާހިދަކީ މަޤާމަށް ޤާބިލް އަދި ނަޒާހަތްތެރި ބޭފުޅެއްކަމަށާއި، އޭނާއަކީ ނުފޫޒު ފޯރުވޭނެ ބޭފުޅެއް ނޫންކަމަށެވެ. ނަމަވެސް މިހާރު މިނިވަން މުއައްސަސާތަކަށް ސިޔާސީ އެކްޓިވިސްޓުން ނޫން ބަޔަކު އައްޔަންކުރާ ތަން ނުފެންނަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



އިލެކްޝަން ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯގެ ވެރިޔާގެ މަޤާމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވީ އޭނާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފައްދާ ކުރިމަތިކުރުވި ފިއްތުންތަކާ ގުޅިގެނެވެ. އޭނާއަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހުން ވަކިކުރި ބޭފުޅެކެވެ.



ކޮމްޕްލަޔަންސް ބިއުރޯގެ ވެރިޔާގެ މަޤާމުން މުހައްމަދު ޒާހިދު އައްޔަންކުރުމުން އެމްޑީޕީގެ މެމްބަރުން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލައިގައި އިލެކްޝަން ކޮމިޝަންގެ މެމްބަރުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށްވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން