އެމްވީ ޚޫލްގެ ޝޯ ރޫމް
އެމްވީ ޚޫލްގެ ޝޯ ރޫމް
އޭސީ، އޭސީގެ ސްޕެއަރ އަދި ހާޑްވެއާރގެ އެހެނިހެން އާލާތްތައް ހެޔޮ އަގުގައި އަދި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އެމްވީ ކޫލްގެ ވެބްސައިޓެއް ލޯންޗްކޮށްފިއެވެ.

އެމްވީ ކޫލްގެ ވެބްސައިޓަކީ އެމް ވޯ ކޫލުން ވިއްކާ ހާޑްވެއާ ސާމާނު އޮންލައިން ކޮށް ގަނެ ފަށެހައިން ޚިދުމަތް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.

މާލޭގައި ހުންނަ އެމްވީ ކޫލް ޝޯ ރޫމްއަށް ވަޑައިގެން ތަކެތި ބައްލަވައި ގަތުމާ އަދި ޑެލިވަރީގެ ޚިދުމަތް ބޭނުންކޮށްގެން ވެސް ފަސޭހަ ކަމާއެކު އެމްވީ ކޫލުން ޚިދުމަތް ހޯއްދެވޭނެއެވެ. އެމްވީ ކޫލްގެ ޝޯ ރޫމް ހުންނާނީ ގަލޮޅު އިރާއީ ބުކްޝޮޕް ކައިރީގައެވެ.

އޭސީ ވިއްކުމުގެ އިތުރުން، ގޭގެއަށް ގޮސް އޭސީ މަރާމާރުކުރުން އަދި ހަރުކޮށްދިނުން ވެސް އެމްވީ ކޫލްގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އާންމު ބޭނުންތަކަށް ޕިކަޕް ދަތުރުތަކާއި މާލޭ ކަައިރި ފިނޮޅުތަކަށް ސޭންޑްބޭންކް ޓްރިޕްތައް ކޮށްދިނުމަކީ ވެސް އެމް ވީ ކޫލްގެ ޚާއްޞަ ޚިދުމަތެކެވެ. ހިތްގައިމު ސޭންޑްބޭންކް ދަތުރެއް އަގުހެޔޮކޮށް ބޭނުން ވިޔަސް އެމްވީ ކޫލްއެވެ. ޕިކަޕް ދަތުރެއް ބޭނުން ވިޔަސް އެމްވީ ކޫލްއެވެ. އޭސީއެއް ބޭނުން، އޭސީގެ ސްޕެއަރ ޕާޓެއް ބޭނުން ވިޔަސް، އަދި އޭސީ މަރާމާތުކުރަން ވިޔަސް ހަމަ އެމްވީ ކޫލް އެވެ. އެމީހުންގެ ޚިދުމަތް އަވަސަވެފައި ތަފާތުވެފައި ފެންވަރު ރަނގަޅެވެ. އަގު ހެޔޮ ވެފައި ޖީބަށް ލުޔެވެ. އިތުބާރު ހިފޭ ރައްކާތެރި ޚިދުމަތެކެވެ.

މި ޚިދުމަތްތައް ދެމުންދަނީ އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް ވެސް އަޅަައިގެންނެވެ. އެހެންކަމުން ހޫނުވާ ނަމަ ފިނިކޮށްލަން ވިޔަސް އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އެމްވީ ކޫލްގެ ޝޯ ރޫމަށް ޒިޔާރަތްކޮށްލާށެވެ. ނޫނީ ވެބްސައިޓަށް އަވަހަށް ޒިޔާރަތްކޮށްލާށެވެ. ފިނިކުރާނެ ސާމާނު ވަކި އެމްވީ ކޫލަށް ވުރެ ހެޔޮ އަގުގައި ވިއްކާނެ ބަޔަކު މި ފުރަ މާލެއަކު ނެތެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަދި އެމްވީ ކޫލްގެ ޚިދުމަތްތަކަށް އެދި ވަޑައިގެންނެވުމަށް 7983232 ނަމްބަރަށް ގުޅުއްވާށެވެ. ޚިދުމަތް ތަފާތުވާނެއެވެ. ފެންވަރާމެދު އެއްވެސް ސުވާލެއް ނުއުފެދޭހާ ބަރާބަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން