ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ނިންމާފައިވާ ނިންމުމަށް ހުރަސްއަޅައި، އެ މީހުންނަށް ރާއްޖެއަށް ވަދެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙް ތުހުމަތުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިމިގްރޭޝަންގެ އައު ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު މިހާރަށްވުރެ ހަރުދަނާކުރުމަކީ ޤައުމީ ސަލާމަތަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެއް ކަމަށެވެ.
ފަލާޙް ފާހަގަކުރެއްވި ގޮތުގައި، މިހާރު ޢަމަލުކުރަމުންދާ އިމިގްރޭޝަންގެ ޤާނޫނަށް އެކި ވެރިކަންތަކުގައި ގެނެސްފައިވާ އިސްލާޙުތަކުގެ ސަބަބުން، ޤާނޫނުގެ އަސްލު މަޤްޞަދު ގެއްލި، ބޮޑެތި އޮޅުންބޮޅުންތަކެއް ވަނީ އުފެދިފައެވެ. އެހެންކަމުން މި ދަނޑިވަޅުގައި ކުރީގެ ބާވެފައިވާ ޤާނޫނަށް އިތުރު ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި، ޒަމާނާ އެއްގޮތަށް އެކުލަވައިލެވޭ އައު ޤާނޫނެއް ވުޖޫދުކުރުމަކީ އެންމެ އެކަށީގެންވާ ޙައްލު ކަމުގައި އޭނާ ވިދާޅުވިއެވެ.
މި ބިލަށް ބަހުސްކުރެއްވި އިދިކޮޅު މެންބަރުންގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާޙް ވިދާޅުވީ، އިދިކޮޅު ޕާޓީތަކުގެ ހަޤީޤީ ބޭނުމަކީ އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމި ހަރުދަނާ ނިންމުން ބަލިކަށިކޮށްލުން ކަމަށެވެ.
އަދި ބަހުސްގެ ތެރެއިން އެ މެންބަރުންގެ މިސްރާބު ހުރީ އިސްރާއީލު މީހުންނަށް ރާއްޖެ އެތެރެވުމުގެ ފުރުޞަތު ދަމަހައްޓައި، އެކަމަށް ދޮރުތަކެއް ހުޅުވައިދިނުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު