ދިއްދޫގައި ގާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒު--
ދިއްދޫގައި ގާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒު--
ހއ. ދިއްދޫއާއި ށ. ނޫމަރާގައި ގާއިމުކުރާ މެނޭޖްކުރާ މަރުކަޒުގެ 50 ޕަސެންޓްއަށްވުރެ ގިނަ މަސައްކަތްތައް ނިމިއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ނޫމަރާގައި ގާއިމުކުރަމުންދާ ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު) ގެ މަސައްކަތުގެ ބޮޑުބައެއް ނިމި، މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ މައިގަނޑު މަސައްކަތްތައް ނިންމުމާއި، ކުނި ވަކިކޮށް ބެހެއްޓުމަށް ޚާއްޞަކުރެވިފައިވާ ބައިތަކުގެ މަސައްކަތްތަކެވެ. އަދި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައްވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ދިއްދޫގައި ގާއިމުކުރާ ކުނި އަދި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ، އަދި މި މަރުކަޒުގެ މަސައްކަތް އެއްކޮށް ނިންމައި، ވީއެންމެ އަވަހަކަށް ޚިދުމަތް ދޭން ފެށުމަށްޓަކައި ބާކީ ހުރި މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ދެ މަޝްރޫއު ނިމުމުން ދެ ރަށަށްވެސް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށ މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު