ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ/ ބީއެމްއެލް
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ/ ބީއެމްއެލް
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ދަށުން އިތުރު އިތުރު ހައުސިން ޔުނިޓްތަކެއްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނި މިހާރު ކުރިއަށް ދަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްގީކުރާ 364 ހައުސިންގ ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މަސައްކަތް ކަމަށެވެ.

މި މަސް ފެށުނުތަނާ ވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްގީކުރާ 364 ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތްވެސް ފަށައިފައެވެ.

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން 4,000 ހައުސިން ޔުނިޓް އަޅާއިރު މިވަގުތު 3,260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާކަމަށް ބީއެމްއެލްއިން ބުންޏެވެ.

އަދި މި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެކަމަށް ވެސް ބުންޏެވެ.

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް ދޫކުރާނީ 900 އަކަފޫޓުގެ، 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.



ކިޔުންތެރިންގެ ހިޔާލު