މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ރާއްޖޭގައި މަނީ ޗޭންޖިންގ ވިޔަފާރިކުރާ ތިން ކުންފުންޏަކަށް އިދާރީ ފިޔަވަޅު އަޅައި، ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށް، އެ ކުންފުނިތަކުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިފަހައްޓައިފިއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އިދާރީ ފިޔަވަޅު އަޅާފައިވަނީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކަމަށެވެ.
މި ފިޔަވަޅުތަކުގެ ތެރެއިން އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް، ކުރެ ކޮންމެ ކުންފުންޏެއް 250,000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ވަނީ 500,000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މީގެ އިތުރުން، އެ ތިން ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖަރ ލައިސަންސް މިއަދުން ފެށިގެން ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.
އެމްއެމްއޭއިން ބުނީ، ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ބައެއް ފަރާތްތަކުން ކަނޑައެޅިފައިވާ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ. އެހެންކަމުން، ބޭރު ފައިސާ ގަނެވިއްކުމުގެ ހުރިހާ މުއާމަލާތެއްވެސް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު، ކަމާބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ އިންޒާރުވެސް މަރުކަޒީ ބޭންކުން ވަނީ ދީފައެވެ.
އެމްއެމްއޭއިން މިފިޔަވަޅު އަޅާފައިވާއިރު، ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރު ކުރުމަކީ ފަސް މިލިއަން ރުފިޔާއާ ހަމަޔަށް ޖޫރިމަނާކުރެވޭ ކުށެއް ކަމަށް ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އިސްލާހުގައިވާ ގޮތުން އެމްއެމްއޭ އިން ކަނއަޅާ ރޭޓަށް ވުރެ އަގުބޮޑުކޮށް ބޭރުފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޝާއިއުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.
އަދި އެ ކުށެއް ކުރުމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާ ނަމަ، އެ ފަރާތަކަށް ކަނޑައެޅޭނެ އަދަބަކީ 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށް ވެސް ބިލްގައި ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު