ޢަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ދެމިހުރުމަކީ ޚިޔާނާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ އިސް ތަރުޖަމާނު އަދި ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
އަލީ ނަޒީރު މީސްމީޑިއާގައި ވިދާޅުވީ، އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ދެމިހުރުމަކީ ޚިޔާނާތެއް ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާތީ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.
ޢަލީ ނަޒީރު ޢަދާލަތު ޕާޓީން ވަކިވެވަޑައިގެންފައިވާއިރު، މިހާރުގެ ސަރުކާރާ ގުޅި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމައި، ކޯލިޝަން އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
ސަރުކާރާ ގުޅުމަށް އަދާލަތު ޕާޓީން ނިންމި ނިންމުމާ ގުޅިގެން ޕާޓީގެ އެތެރޭގައި ޚިޔާލުތަފާތުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން، އެ ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވި ޝައިޚް ޙުސައިން ރަޝީދު އަޙްމަދުވެސް ވަނީ ޕާޓީގެ މި ނިންމުމާ ގުޅިގެން ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އާންމު މެންބަރުން ޕާޓީން ވަކިވުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
"ޢަދާލަތު ޕާޓީ އުފެއްދި އެޕާޓީގެ ބާނީގެ ގޮތުންނާއި ޕާޓީގެ ފުރަތަމަ ރައީސްގެ ޙައިސިއްޔަތުން އަޅުގަނޑު ޢަދާލަތުގެ މިހާރުގެ ވެރިން ކުށްވެރި ކުރަމެވެ. އަޅުގަނޑު އޭޕީގެ މެންބަރުންގެ އަރިހުން އެދެނީ މިބޭފުޅުން އެކިޔާ ދީނާއި ޤައުމު ދެކެ ލޯބިވާ ކަމުގައި ވަނީނަމަ އެނިކަމެތި ކަމާއި ޚިޔާނާތުގައި ބައިވެރިވެ ވަޑައި ނުގެން އަވަހަށް ޕާޓީ ދޫކޮށްލެއްވުމެވެ. ނޫންނަމަ ޤައުމަށް ލިބޭ ދެރެއެއްގައި ތިބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ." ޝައިޚް ޙުސައިން ވިދާޅުވެފައިވެެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމު ކޮށްފައިވާ ދަފްތަރުގައިވާ ގޮތުން، އަދާލަތު ޕާޓީގައި މިހާރު ތިބީ 5،608 މެންބަރުންނެވެ. ސަރުކާރު ކޯލިޝަނާ ގުޅުމަށް އެ ޕާޓީން ނިންމި ނިންމުމާއެކު، ޕާޓީގެ މެންބަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު