ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މައިގަނޑު ކޮންސެޕްޓް ކަމަށްވާ "ވަން އައިލެންޑް، ވަން ރިސޯޓް" މޮޑެލާއި ގުޅިގެން، ނޫނު އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ބަޝީރު (ބައްޓޭ) ދިވެހިންގެ ބިންތަކާއި ދައުލަތުގެ ވަސީލަތްތައް މަދު ބައެއްގެ ކޮންޓްރޯލްގައި ބޭއްވުމާއި ގުޅޭ ގޮތުން ސުވާލުތަކެއް އުފައްދައިފިއެވެ.
ބައްޓޭ މީސްޑިއާގައި ހިއްސާކޮށްފައިވާ މެސެޖުތަކެއްގައި ބުނެފައިވަނީ، މާލިއްޔަތު ވުޒާރާގެ 2025 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓަކުން ބިމު ކުލީގެ ގޮތުގައި ދައުލަތަށް އެވްރެޖްކޮށް ލިބެނީ އަހަރަކު އެންމެ 0.76 މިލިއަން ޑޮލަރު ކަމަށެވެ. މި ހިސާބުން، މާލެ އަތޮޅުން 500 ހެކްޓަރުގެ ބިމެއް ރިސޯޓު ހެދުމަށް ދޫކޮށްގެން، 99 އަހަރުގެ އެއްބަސްވުމެއްގެ ދަށުން ދައުލަތަށް ޖުމްލަ ލިބޭނެ ކަމަށް ބެލެވެނީ 283.75 މިލިއަން ޑޮލަރު އެކަނި ކަމަށް ބައްޓޭގެ ޕޯސްޓުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން، ކުރޮސް ސަބްސިޑީގެ ނަމުގައި 2022 ވަނަ އަހަރު ދައުލަތަށް ދެއްކީ އެންމެ މިލިއަން ޑޮލަރެއް ކަމަށާއި، އެކަމުގެ ތެރޭގައި ބޮޑެތި ފަޅުތަކާއި ރަށްތައް ދޫކޮށް ބެހިފައިވާ ކަމަށް ބައްޓޭ ތުހުމަތު ކޮށްފައިވެއެވެ. ހަމައެއާއެކު، ރަށްރަށަށް ނުއަގު ޖަހައިގެން ކުޑަ އިކުއިޒިޝަން ފީއެއް ދީފައި، ބާކީ ޑޮލަރު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން، މަދު ބައެއްގެ ކޮންޓްރޯލްގައި ދިވެހިންގެ ބިންތަކާއި މުޅި ދައުލަތް ބާއްވަމުން ދިއުމަކީ ޤައުމީ އަދި ވަޠަނީ ވިސްނުމެއް ކަމަށް ދެކުމަކީ ރަނގަޅު ކަމެއްތޯ ބައްޓޭ ވަނީ ސުވާލު އުފައްދާފައެވެ.
ބައްޓޭ ބުނެފައިވަނީ، ދިވެހިން ބޭރުގެ ރަނގަޅު ޑިވެލޮޕަރުންދެކެ ބިރު ނުގަންނަ ކަމަށާއި، ހާމަކަން ބޮޑު، ޤާއިދާތަކެއްގެ މައްޗަށް ބިނާވެފައިވާ ބާޒާރަކަށް ބިރުގަންނަނީ ރާއްޖޭގެ ބިންތަކާއި މަސައްކަތްތެރިންނާއި އެސްއެމްއީތައް މިހާރުވެސް ކޮންޓްރޯލްކޮށްފައިވާ ޑޮމެސްޓިކް ކާޓެލެއް ކަމަށެވެ.
ވަޒީފާގެ ދާއިރާއިން ދިވެހިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލަމުން ބައްޓޭ ފާހަގަކުރީ، ބޭރުގެ އޮޕަރޭޓަރުން އައުމުން މުވައްޒަފުންނަށް މުސާރަ ހަމައަށް ލިބެން ފެށި ނަމަވެސް، ރިސޯޓުތަކުގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތައަކީ އަދިވެސް ބޭރު މީހުން ކަމަށެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ރިސޯޓުތަކުގައި މަސައްކަތްކުރާ 59،627 މުވައްޒަފުންގެ ތެރެއިން ދިވެހިންނަކީ އެންމެ 35.4 އިންސައްތަ (21،105 މީހުން) ކަމަށާއި، އޭގެ ތެރޭގައި ދިވެހި އަންހެނުންގެ ނިސްބަތަކީ އެންމެ 11 އިންސައްތަކަން ބައްޓޭ ފާހަގަކޮށްފައިވެއެވެ.
މި ދާއިރާގައި ހުރި 78،087 ވަޒީފާއަށް ދިވެހިން ނުލިބޭ މައިގަނޑު ސަބަބަކީ، ވަކިވެގަނެވިފައިވާ ރިސޯޓުތަކުގައި އާއިލާއާ ދުރުގައި ދިރިއުޅެން ޖެހުމާއި، ރާއްޖޭގެ ދީނީ އަދި އިޖުތިމާއީ ހަމަތަކާ ފުށުއަރާ ގޮތަށް ރަލާއި އޫރުމަސް ފަދަ ތަކެތި ގެންގުޅެން މަޖުބޫރުވުން ކަމަށް ބައްޓޭ ބުންޏެވެ. އޭނާ ބުނީ، އާއިލާތަކާއެކު ދިރިއުޅެވޭ ފަދަ "އިންޓެގްރޭޓެޑް އާބަން ޓައުންޝިޕް" ތަކެއް ތަރައްޤީކުރެވިއްޖެނަމަ، މާހައުލު ބަދަލުވެ، ރިސޯޓު ޑޯމިޓަރީތަކުގައި އުޅެން ބޭނުންނުވާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނާއި، އަންހެނުންނާއި، ވައިޓް-ކޮލަރ ޕްރޮފެޝަނަލުންނަށް ހަވީރު ގެއަށް އާދެވޭނެހެން ޓޫރިޒަމް ދާއިރާގެ ވަޒީފާތަކަށް ނުކުތުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، ގެސްޓްހައުސް ވިޔަފާރީގެ ހަގީގަތްތައް ހާމަކުރަމުން ބައްޓޭ ބުނީ، ރާއްޖޭގެ ގެސްޓްހައުސް އެނދުތަކުގެ 68.5 އިންސައްތަ އޮތީ އެންމެ 3 އަތޮޅަކާއި (ކ، އއ، އދ) މާލެ ސިޓީގައި ކަމަށެވެ. އަދި ބާކީ އޮތް 15 އަތޮޅުގައި އެވްރެޖްކޮށް އަތޮޅަކު 10 ގެސްޓްހައުސްވެސް ނެތްއިރު (މިސާލަކަށް ޅ. އަތޮޅުގައި 3، ރ. އަތޮޅުގައި 5، ފ. އަތޮޅުގައި 5)، ހުވަދޫ، ތ، އަދި ވ. އަތޮޅުގެ ރައްޔިތުންގެ 35 އިންސައްތައަށްވުރެ ގިނަ މީހުން ވަޒީފާއާއި ޚިދުމަތް ހޯދަން މާލެއަށް ހިޖުރަކުރަން ޖެހިފައިވަނީ މި ސަބަބާ ހުރެކަމަށް ތަފާސް ހިސާބުގެ އަލީގައި ބައްޓޭ ބުނެފައިވެއެވެ.
އަދި ރާއްޖޭގެ އާއިލާތަކުގެ ތެރެއިން ގެސްޓްހައުސްއެއްގެ މިލްކުވެރިކަން އޮތީ އެންމެ 1 އިންސައްތައަށްވުރެވެސް މަދު ބައެއްގެ އަތުގައި ކަމަށާއި، އާއިލާތަކުގެ 50 އިންސައްތައަށްވުރެ ގިނަ މީހުންގެ އަތުގައި އެއްވެސް ސޭވިންގްސްއެއް ނެތްއިރު، 5 މިލިއަނުން 15 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެސްޓްހައުސްއެއް އެޅެނީ ކާބަފައިންގެ ގޯތި ބޭންކުގައި ރަހުނުކޮށް ބޮޑު ދަރަންޏަކަށް ވަދެގެން، ނުވަތަ މަހުޖަނަކަށް ގޯތި ކުއްޔަށް ދީފައި އާއިލާ އެ ގެއިން ނުކުމެގެން ކަމަށް ބައްޓޭ ފާހަގަކުރިއެވެ.
މިކަމުގެ ސަބަބުން ރަށްރަށުގެ އިޖުތިމާއީ ފޭރާމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ބަޔާންކުރަމުން އޭނާ ބުނީ، ކ. މާފުށީގައި ގޯތިތައް ގެސްޓްހައުސްތަކަށް ބަދަލުކުރުމުން އަމިއްލަ ގޭގައި އުޅޭ ދިވެހި އާއިލާތަކުގެ ނިސްބަތް 75.8 އިންސައްތައަށް ވެއްޓި، ރަށުގެ ދިވެހި އާއިލާތަކުގެ 21.1 އިންސައްތަ މިހާރު އުޅެންޖެހިފައިވަނީ ކުއްޔަށް (މީޑިއަން ކުލި 7,000ރ.) ކަމަށެވެ. އަދި އެ ރަށުގައި ކޮޓަރިއަކަށް ޖެހޭ މީހުންގެ ނިސްބަތް (1.32) މާލެއަށްވުރެވެސް މައްޗަށް ގޮސްފައިވާއިރު، ކ. ގުރައިދޫ އަދި ގުޅީގެ ތޮއްޖެހުން 12.5 އިންސައްތައަށް އަރާފައިވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.
ބައްޓޭ މިކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އޭނާ ގެންދަވަނީ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ "ދިވެހިންގެ ބިން ދިވެހިންނަށް" ޤައުމީ ހަރަކާތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މި ދަނޑިވަޅަކީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާމެދު ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ހޫނު ބަހުސެއް ހިނގަމުންދާ ވަގުތެކެވެ.

ކިޔުންތެރިންގެ ހިޔާލު