އުފަންވެލި ފިހާރަތަކުން ހެޔޮ އަގުގައި ލިބޭނެ ބައެއް ބާވަތްތައް-
އުފަންވެލި ފިހާރަތަކުން ހެޔޮ އަގުގައި ލިބޭނެ ބައެއް ބާވަތްތައް-
މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ މަޤްބޫލު "އުފަންވެލި" ފިހާރަތަކުން، މި ހަފްތާ ބަންދާ ދިމާކޮށްވެސް ކާބޯތަކެއްޗާއި ތާޒާ މޭވާއާއި ތަރުކާރީގެ ގިނަ ބާވަތްތަކަކުން ޚާއްޞަ ޑިސްކައުންޓްތަކެއް ލިބިގެންދާ ތިން ދުވަހުގެ ޕްރޮމޯޝަން އިޢުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން ނޮވެންބަރު 21 ވާ ހޮނިހިރު، ދުވަހުގެ ނިޔަލަށެވެ. މާލެއާއި ހުޅުމާލޭގައި ހުންނަ އުފަންވެލީގެ ހުރިހާ ފިހާރައަކުން މި ފުރުސަތު ލިބިގެންދާއިރު، މިއީ ހަފްތާ ބަންދުގައި ގޭބިސީތަކަށް ބޭނުންވާ ޒަރޫރީ ސާމާނު އަގުހެޔޮކޮށް ބާޒާރުކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެކެވެ.

މި ހާއްސަ ސޭލްގެ ދަށުން ބަދިގެއަށް ކޮންމެހެން ބޭނުންވާ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފިޔާ، އަލުވި، މުށި ކުލައިގެ ކުކުޅުބިސް އަދި ލުނބޯ ވަރަށް ހާއްސަ ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެއެވެ. މީގެ އިތުރުން މުޅި ކުކުޅާއި، މީރު ލޭޔަރ ކޭކާއި، ޖެލީ ޑްރިންކްސް އަދި ތާޒާ މޭބިސްކަދުރު ފަދަ އާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ބާވަތްތައްވެސް މި ޕްރޮމޯޝަނުގައި ހިމަނާފައިވެއެވެ. މިފަދަ ގިނަ ބާވަތްތަކެއް އެއްފަހަރާ އަގުހެޔޮވެގެން ދިއުމަކީ، އާއިލާތަކަށް ޚަރަދު ކުޑަކޮށް، މޮޅު ކާބޯތަކެތި ގޭގައި ތައްޔާރުކޮށްލުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ރާއްޖެއަށް މުދާ އެތެރެކުރުމާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި އިތުބާރު ހޯދާފައިވާ މަޑިހާ ކޮމްޕެނީގެ މައިގަނޑު އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ތާޒާ މޭވާއާއި ތަރުކާރީ، މަހުގެ ބާވަތްތައް އަދި ފެންވަރު ރަނގަޅު އެކި ކާބޯތަކެތި މެދުކެނޑުމެއްނެތި، ހެޔޮ އަގުތަކެއްގައި ފޯރުކޮށްދިނުމެވެ. އެ ކުންފުނިން ފާހަގަކުރާ ގޮތުގައި މިފަދަ ޕްރޮމޯޝަންތައް ގަވާއިދުން ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކަސްޓަމަރުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް އެހީތެރިވެދިނުމެވެ.

މާލެއާއި ހުޅުމާލޭގެ ފަސޭހަ ސަރަޙައްދުތަކުގެ އުފަންވެލި ފިހާރަތަކުގައި ކުރިއަށްދާ ހަފްތާ ބަންދަށް ހާއްސަ ޕްރޮމޯޝަން، ސްޓޮކް ހުސްވަންދެން ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި، އުފަންވެލި ފިހާރައަކަށް ޒިޔާރަތްކޮށް މި ހާއްސަ ފުރުސަތުގެ ބޭނުން ހިފުމަށް އުފަންވެލި ފިހާރަތަކުން ކަސްޓަމަރުންނަށް ދަޢުވަތު އަރުވައެވެ.



ކިޔުންތެރިންގެ ހިޔާލު