ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންއެއްގެ ތެރެއިން--
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންއެއްގެ ތެރެއިން--
މަސްތުވާތަކެތީގެ ކާޓެލްއެއްހެން މާލޭގައި އޮޕަރޭޓްކުރާ ތަނެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ, ގުލްޝަނީގެ، އާދަމް މަނިކުއެވެ. މި މައްސަލައިގައި އުމުރުން 47 އަހަރުގެ އެ މީހާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ ހަތް ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އާދަމް މަނިކު ދިރިއުޅޭ މ. އަނބުމާގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ދެ ރަބަރު ޕެކެޓާއި ކައްޓާއެއް ފެނިފައިވެއެވެ. އަދި އެތަނަކީ ކާޓެލްއެއްހެން އޮޕަރޭޓްކުރާ ތަނެއްކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތުން އެ ތަނުގައި ނޯޓިސް ބޯޑެއް ހަރުކޮށް އެތަނުގައި އެކައުންޓް ނަންބަރުތަކާއި ފޯން ނަންބަރުތައް ޖަހާފައި ހުރިއިރު އާންމުކޮށް ކާޓެލްތަކުގައިވެސް އެފަދައިން ހުންނަކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު