ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުން، ގައުމީ ތަރައްގީއަށް މުހިންމު 93 މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލައި، އިތުރު 356 މަޝްރޫއެއްގެ އަމަލީ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 17 ނޮވެމްބަރު 2023 އިން ފެށިގެން 17 ނޮވެމްބަރު 2026 އާ ހަމައަށް އެ ކުންފުނިން ވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އަމާޒުކޮށް ގިނަ ދާއިރާތަކަކުން ޖުމުލަ 93 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 19 މަޝްރޫއަކާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ގާއިމުކުރި 16 އައުޓްޑޯ ޖިމް އަދި ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ތަރައްގީކުރި 14 ބަނދަރެވެ.
މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން 7 ފުޓްސަލް އަދި ފުޓުބޯޅަ ދަނޑާއި 3 ވޮލީ ކޯޓު ނިންމާފައިވާއިރު، އިޖުތިމާއީ ރައްކާތެރިކަމަށް 6 ޕޮލިސް ޕޯސްޓާއި، ދަތުރުފަތުރުގެ ފަސޭހައަށް 5 ރަށެއްގެ މަގު ހެދުމުގެ މަސައްކަތާއި، 4 އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. އަދި ތައުލީމީ އަދި އުމްރާނީ ތަރައްގީގެ ދަށުން 4 އިމާރާތަކާއި، 2 ސްކޫލް ނުވަތަ މަލްޓިޕާޕަސް ހޯލުގެ އިތުރުން 2 ޖެޓީ އާއި، އާންމުން ހިތްފަސޭހަކޮށްލުމަށް 2 ޕާކާއި، 1 ޕޯޓު، އަދި 1 ކޮންސަލްޓެންސީ އާއި 1 ސާވޭގެ މަސައްކަތުގެ އިތުރުން އެހެނިހެން 6 މަޝްރޫއެއް ވެސް ވަނީ އެ މުއްދަތުގައި ނިންމާލާފައެވެ.

ނިމިފައިވާ ޕްރޮޖެކްޓުތަކުގެ ތަފާސްހިސާބު، ފޮޓޯ: އެމްޓީސީސީ
އެ ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، މި މުއްދަތުގެ ތެރޭގައި 356 މަޝްރޫއެއްގެ އަމަލީ މަސައްކަތް އެކި ރަށްރަށުގައި ފަށައިގެން މިހާރުވެސް ބާރަށް ކުރިއަށް އެބަދެއެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ އަތޮޅެއް ޝާމިލުވާ ގޮތަށް އެމްޓީސީސީން މަސައްކަތް ކުރަމުން އަންނައިރު، މިވަގުތުވެސް ޖުމުލަ 149 ރަށެއްގައި އެކުންފުނީގެ ޓީމުތަކުން އަންނަނީ އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ.

އަމަލީ މަސައްކަތް ފެށިފައިވާ ޕްރޮޖެކްޓުތައް، އެމްޓީސީސީ
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ މުޖުތަމައުތައް ބާރުވެރިކުރުވައި، އެއް ރަށާއި އަނެއް ރަށް ގުޅުވާލަދީ، ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމުގައި ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދައިދިނުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމުގައި ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު