އދ. ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލ؛ީ މަސައްކަތް ފެށީ މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ދިގުރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެވެ.
އެ މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ ޖިއޯ ބޭގް ދިގުރަށަށް ގެންގޮސްފައިވާއިރު މިހާރު ދަނީ އެ ބޭޖްތައް ގޮނޑުދޮށުގައި ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މަޝްރޫއުގެ ދަށުން 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހައި 127 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ވެސް ޖެހުމާއެކު 15 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 12.86 މިލިޔަން ރުފިޔާއަށް 150 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު