ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޑރ. އަޒްވަރު މިހެން ވިދާޅުވީ، ސްޓެލްކޯއިން ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެ ސިޓީގައި ބޭއްވި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދެއްކެވި ވާހަކަފުޅުގައި ޑރ. އަޒްވަރު ވަނީ، މިފަދަ ހަރުދަނާ އަދި ވިސްނުންތެރި ނިންމެވުމެއް ނިންމެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާ ރަސްމީކޮށް ޙަވާލުވުމަށްފަހު، އެމްޑީ ޑރ. އަޒުވަރާއި ސްޓެލްކޯގެ އިސްވެރިންގެ ޓީމުން ވަނީ އެ ސިޓީގެ ބްރާންޗް އޮފީހަށާއި އިންޖީނުގެއަށް ޒިޔާރަތް ކުރަށްވާފައެވެ. މި ޒިޔާރަތުގައި، އިންޖީނުތަކުގެ މިހާރުގެ ޙާލަތާއި، ކަރަންޓު އުފެއްދުމުގެ ނިޒާމު ހުރިގޮތް ވަރަށް ގާތުން ބައްލަވާލައްވައި، ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ދެވޭ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި، އިތުބާރާއި ޔަޤީންކަމާއެކު ފޯރުކޮށްދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު