އަންނަ މަހުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ސްޓޭޝަނެއް ސްޓެލްކޯއާ ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
އަފީފް މިހެން ވިދާޅުވެފައިވާއިރު، ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ އެންމެހައި ޒިންމާތަކާއި ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. މި ނިންމެވުން ނިންމެވީ ފެނަކައިގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި ކޮރަޕްޝަންގެ އެކި މައްސަލަތަކާ ހެދި ފެނަކަ ބަނގުރޫޓުވުމުގެ ހާލަތަށް ގޮސްފައިވާތީއެވެ.
ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަފީފް ވިދާޅުވީ، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމުގެ މަސައްކަތް ޚާއްސަ ޝެޑިއުލެއްގެ ދަށުން މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް ހުރިހާ ސްޓޭޝަނެއް ހަވާލުކޮށް، ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ހުރިހާ ޚިދުމަތްތައް އެއްކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، މި މަރުހަލާގައި އެއްވެސް މުވައްޒަފަކު ފެނަކައިން ވަކިނުކުރާނެ ކަމުގެ ޔަގީންކަންވެސް އަފީފް ދެއްވިއެވެ.
"ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރާއިރު، ހުރިހާ މުދަލަކާއި މުވައްޒަފުން ވެސް އެ ކުންފުނީގެ ދަށަށް ބަދަލުކުރާނެ. މި ޕްރޮސެސްގައި އެއްވެސް މުވައްޒަފަކު މަދުކުރުމުގެ ބައެއް ނޫޅޭނެ، މި ޕްރޮސެސްގައި މުވައްޒަފުން ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރަމުންދާނީ." އަފީފް ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނަ ފެނަކައިގައި 8000 އަށްވުރެ ގިނަ މުވައްޒަފުން ތިބިކަން މީގެ ކުރިން އަފީފް ވަނީ ހާމަކުރަށްވާފައެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ގޮތުން ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ހުޅުވާލިއެވެ. އެ ފުރުސަތުގައި ޕެކޭޖާއެކު ޖުމުލަ 107 މުވައްޒަފަކު ވަނީ އަމިއްލައަށް އެދިގެން ކުންފުނިން ވަކިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު