ކ. ގުޅީ ބަނދަރު ޑިޒައިން އަދި ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް އެރަށު ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެއްގަމު ތޮށި އެޅުމުގެ މަސައްކަތަށް ބޭނުންވާ ބްލޮކްތައް މިހާރު ވަނީ އެރަށަށް ޖަމާކުރަން ފަށާފައެވެ. މިއީ އެރަށުގެ ބަނދަރު ޖާގައިގެ ގޮތުން ތަނަވަސްކޮށް، ޒަމާނީ ފެންވަރަކަށް ތަރަ
އްޤީ ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ގުޅީ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ބަނދަރުގެ ފަޅު ފުންކުރުމާއި، ބަނދަރުގެ ބޭސިން އިތުރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރަށް ވަދެނިކުތުމަށް އާ ނެރެއް ކޮނުމާއި، ކުރީގެ ބާ ނެރު ބަންދުކުރުމުގެ އިތުރުން ރަށުގެ ބަނދަރު ހިމާޔަތްކުރުމަށް ބޭރުތޮށި ލުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މީގެ އިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް ޔޫ-ޖެޓީއެއް ހެދުމާއި، މިހާރު ބޭނުންކުރަމުންދާ އެއްގަމު ތޮށީގެ މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތުކޮށް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރިއަށް ގެންދާނެއެވެ.
ގުޅީގެ ބަނދަރު ތަރައްޤީ ކުރުމުގެ މި މަޝްރޫޢު ނިމުމުން، އެރަށުގެ ރައްޔިތުންނަށާއި، ރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން
ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު