ޔޫހާ ހުރީ ކާ މޭޒު ކައިރީގައި އިސްޖަހައިގެންނެވެ. އޭނާގެ ކޮނޑުގައި އަދިވެސް އެއޮތީ ޔުނިވަރސިޓީއަށް ގެންދާ ބަރު ދަބަހެވެ. މުޅި ދުވަހު ކިޔެވުމާއި ކުޑަ އޮފީހެއްގައި ކުރި ބުރަ މަސައްކަތަށްފަހު، އޭނާ ގެއަށް އައީ އާދައިގެ އެސައިންމަންޓެއް ފެށުމުގެ ކުރިން އެއްޗެއް ކާލައި، އަރާމުކޮށްލުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް، އެ އުންމީދުތައް ވިއްސިވިހާލިވީ ކުރިމަތީގައި އަތް ދިއްކޮށްލައިގެން، ރުޅިވެރި މޫނަކާއެކު ހުރި ދޮންމަންމަ ޢާއިޝަތު ނީލާ ފެނުމުންނެވެ.
"އަހަރެން ދުވަހަކުވެސް ނުބުނަން ކުލި ނުދައްކާނަމެކޭ،" ޔޫހާ ތުރުތުރުއަޅާ އަޑަކުން، ނަމަވެސް ސާބިތުކަމާއެކު ޖަވާބުދިނެވެ. "މި މަހު އޮފީހުން މުސާރަ ޖަމާކުރުން ތަންކޮޅެއް ލަސްވީ."
"އެއީ އަހަރެން އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫން،" ނީލާ މަލާމާތުގެ ރާގަކަށް ބުންޏެވެ. "ފައިސާ ނުލިބެންޏާ ވަޒީފާދޭ މީހާއާ ވާހަކަދައްކާ. މި ގޭގައި ހިލޭ ތިބޭކަށް އެކަކަށްވެސް ފުރުޞަތެއް ނޯންނާނެ."
"ނީލާ! ވޭތުވެދިޔަ ހަ މަސްދުވަހު ކޮންމެ މަހެއްގައިވެސް ފުރަތަމަ ދުވަހު އަހަރެން ފައިސާ ދެއްކިން،" ޔޫހާގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. "އަހަރެން ހަމައެކަނި އެހީ އަހަރެންގެ އަމިއްލަ ބައްޕަގެ ގޭގައި ހުންނަން ކުލި ދައްކަންޖެހެނީ ކީއްވެގެންހޭ؟ މި ގެއަކީ ބައްޕަގެ ގެއެއް ނޫންތަ؟"
ނީލާ އަޑު ތިރިކޮށްލި ނަމަވެސް، އެ ބަސްތަކުގައި ހުރީ ވިހަގަދަ ކަމެވެ. "ކަރުދާހެއްގައި ކަލޭގެ ބައްޕަގެ ނަން އޮތުމަކީ، އަހަންނާ ސުވާލުކުރުމުގެ ހައްޤު ކަލެއަށް ލިބޭ ކަމެއް ނޫން. މި ގޭގެ ކަންކަން ހިންގަނީ އަހަރެން. އަހަރެން ބުނާ ގޮތަކަށް މިތާ އުޅެންޖެހޭނީ."
ސިޓިންގ ރޫމުގެ އަނެއް ފަރާތުގައި ހުރި މަޑު ސޯފާގައި ފައިދަމައިގެން، ނީލާގެ ސައްބީސް އަހަރުގެ ދަރިފުޅު ލޫތު މުޙައްމަދު އިނީ ފޯނުން ވީޑިއޯއެއް ބަލާށެވެ. އޭނާ ފަރުވާކުޑަ ގޮތަކަށް އިސްއުފުލާ ބަލައިލުމަށްފަހު، ހިނިގަނޑެއް ޖަހާލަމުން އަނެއްކާވެސް ފޯނަށް ގެނބުނެވެ.
"ލޫތު ކުލި ދައްކާތަ؟" ޔޫހާ އެހިއެވެ. އެ ސުވާލުން ނީލާގެ މޫނުމަތި އަނދައިގަތެވެ.
"އަހަރެންގެ ދަރިފުޅުގެ ވާހަކަ ދައްކަން ކަލެއަކީ ކާކު؟" ނީލާ ބާރަށް ހަޅޭއްލަވައިގަތެވެ. "އޭނާގެ ދިރިއުޅުމާ ބެހޭކަށް ކަލެއަކަށް ޖާގައެއް ނޯންނާނެ!"
ޔޫހާއަށް އިތުރު ރައްދެއް ނުދެވި އުޅެނިކޮށް، ގޭގެ ބޭރު ދޮރު ހުޅުވުނު އަޑު އިވުނެވެ. ޔަޢުޤޫބު އިބްރާހީމް ދޮރުމަތީގައި ހުރީ ދަތުރު ދަބަހާއި ބްރީފްކޭސް ހިފައިގެންނެވެ. އޭނާގެ މޫނުމަތީގައި ވަރުބަލިކަމުގެ އިތުރުން ހުރީ ބުނެދޭން ނޭނގޭ ފަދަ ހިތާމަވެރި އަދި ހަރުކަށި ކުލަވަރެކެވެ.
"ކީއްވެގެން،" ޔަޢުޤޫބު ވަރަށް މަޑުމައިތިރި، ނަމަވެސް ގޭތެރެ ގުގުމައިގެންދިޔަ އަޑަކުން އެހިއެވެ. "އަހަރެންގެ ދަރިފުޅު މިތަނުން ނުކުންނަން ބުނަންވީ ކީއްވެގެން؟"
މީގެ ހަތް މަސް ކުރިން ޔޫހާ އައްޑޫން މާލެ ބަދަލުވީ، ފޮނި އުންމީދުތަކުން ހިތް ފުރިގެންވާ ހާލުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިންފޮމޭޝަން ޓެކްނޮލޮޖީ ފެކަލްޓީން ތަޢުލީމު ހާސިލުކުރުމަށް ލިބުނު ފުރުޞަތަކީ، އޭނާ ދެކެމުން އައި ފޮނި ހުވަފެނުގެ ފެށުމެވެ. އެއާޕޯޓުން ޔޫހާގެ ދެ ފޮށީގައި ހިފަހައްޓަމުން ބައްޕަ ކޮށްލި ސަމާސާ އަދިވެސް އޭނާގެ ހަނދާނުގައި ވަނީ އެއްވެސް ފަނޑުވުމެއް ނެތިއެވެ؛ "ދަރިފުޅުގެ ކާފަ އެ ޒަމާނުގައި މާލެ ދަތުރުކުރިއިރު ރަށުން މުދާ ބަރުކުރި ފަދައިން، ތި ގެނައީ މަރަދޫގެ ދެބައިކުޅަ އެއްބައި ހެއްޔެވެ؟" އޭ ބުނެ ސަމާސާކުރި ހަނދާން ޔޫހާގެ ހިތުގައި އަދިވެސް ތާޒާކޮށް އެބައޮތެވެ.
ޔަޢުޤޫބަކީ އައްޑޫސިޓީ ހިތަދޫ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާ ހުޅުމާލޭގެ ވިނަރެސް ފްލެޓުން އަގުބޮޑު ތިން ކޮޓަރީގެ އެޕާޓްމަންޓެއް ގަތީ، އޭނާގެ ލޯބިވާ ދަރިފުޅު އައްޑޫގައި ހުރި ހައިސްކޫލުން ގުރެޖުއޭޓް ވުމާއެކު މަތީތަޢުލީމް ޙަސިލްކުރުމަށް، ކިޔަވަން ހުންނާނެ ފަސޭހަ މާޙައުލެއް ހޯދައިދިނުމަށެވެ. ޔޫހާގެ މަންމަ އަމީރާއާ ވަކިވި ނަމަވެސް، ދަރިފުޅަށް ދޭންޖެހޭ އަޅާލުމުގައި އޭނާ ދުވަހަކުވެސް ފަހަތަކަށް ނުޖެހެއެވެ. އެހެންނަމަވެސް، ޔަޢުޤޫބު އަލުން ކައިވެނިކުރި ނީލާއާއި އޭނާގެ ފިރިހެންދަރިފުޅު ލޫތު އެ ގެއަށް އައުމުން ހުރިހާ ކަމެއް ބަދަލުވިއެވެ.
ފުރަތަމަ ހަފުތާގައި ނީލާ ދެއްކީ އޯގާތެރިކަމުގެ ދަޅައެކެވެ. "އަހަރެމެން އޭނާގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލާނަން،" ނީލާ އެދުވަހު ބުންޏެވެ. ނަމަވެސް، ޔޫހާ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގޮތުން ކުޑަ ވަޒީފާއެއް އަދާކުރަން ފެށި ހިސާބުން ހަޤީޤީ ސޫރަ ފެންނަން ފެށިއެވެ. ލިބުނު ފުރަތަމަ މުސާރައިން ބައްޕައަށް ރީތި ގަމީހެއް ގަނެދިނުމުން، ނީލާ ވަގުތުން ދެކޮޅުހެދިއެވެ.
"ހަދިޔާ ގަތުމުގެ ކުރިން ގޭގެ ޚަރަދުތަކާ މެދު ވިސްނަންވާނެ،" ނީލާ އެދުވަހު ބުންޏެވެ. "ކަލޭގެ ބައްޕައާއި އަހަރެން އެއްބަސްވީ ކޮޓަރީގެ ކުލީގެ ގޮތުގައި މަހަކު ތިންސަތޭކަ ޑޮލަރު ދައްކަން. އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާއިން އަހަންނަށް ދޭންޖެހޭނެ."
"ބައްޕަ އެހެން ބުނިތަ؟" ޔޫހާ ހައިރާންވެފައި އެހިއެވެ.
"ބައްޕަ ބޭނުމެއް ނޫން ދަރިފުޅާ މިކަހަލަ ހަޑި ވާހަކަ ދައްކާކަށް. އެކަން ހަމަޖައްސަން އަހަންނާ ޙަވާލުކުރީ،" ނީލާ އޮޅުވާލިއެވެ.
އެ ދުވަހުން ފެށިގެން ޔޫހާގެ ދިރިއުޅުން ވެގެންދިޔައީ އަޅުވެތިކަމަކަށެވެ. މަހު ކުލީގެ އިތުރުން، ފަތިހު ހޭލައިގެން މުޅި ގޭތެރެ ކުނިކަހައި ސާފުކުރުމާއި، ކާތަކެތި ތައްޔާރުކުރުމާއި، ތަށިދޮވުން އޭނާގެ ޒިންމާއަކަށް ހެދިއެވެ. ވިހި އަހަރުގެ އަންހެން ކުއްޖަކު، ސައްބީސް އަހަރުގެ ލޫތުގެ ހަޑި ހެދުންތައް ދޮވެ، އިސްތިރިކުރަން ޖެހުނެވެ. ދެކޮޅުހަދައިފިނަމަ، "މިއީ ކަލޭގެ އަމިއްލަ ގެއެއް ނޫން، ކަލެއަށް މިތަނުން ޖާގަ ލިބެނީ މި މަސައްކަތްތައް ކުރާތީ،" ބުނެ ބިރުދެއްކިއެވެ. ބައްޕަ ވިޔަފާރި ދަތުރުތަކުގައި ރަށުން ބޭރުގައި ހުންނަ ވަގުތުތަކުގައި، ޔޫހާއަށް ކާން ލިބެނީވެސް ސިއްރުންނެވެ. ރޭގަނޑުގެ ކެއުން ކައްކަނީ ހަމައެކަނި ނީލާއާއި ލޫތަށް އަދި ޔަޢުޤޫބު ހުންނަ ދުވަސްތަކުގައި އޭނާއަށެވެ. ޔޫހާ ކައިބޮއި ހެދީ ކޮޓަރީގައި ފޮރުވާފައި ހުންނަ ބިސްކޯދާއި ފެނުންނެވެ.
އެންމެ ހިތްދަތިވި ދުވަހަކީ ޔޫހާ ގަދައަށް ހުން އައިސްގެން އުޅުނު ދުވަހެވެ. އޮފީހުން އަވަހަށް އައިސް އެނދުގައި އޮއްވައި، ނީލާ ދޮރުގައި ތަޅައިގަތެވެ. ބަލިވެގެން ތެދުވެވޭވަރު ނުވުމުންވެސް، އޭނާ ލައްވާ ގޭތެރެ ސާފުކުރުވިއެވެ. ހަށިގަނޑުގައި ވަރެއް ނެތިގެން ބަދިގޭ ތަޅުންގަނޑު މަތީގައި ޔޫހާ ވެއްޓިފައި އޮއްވައި ފެނުމުންވެސް، ލޫތާއި ނީލާ ކުރީ މަލާމާތެވެ. "މަންޒަރު ދައްކަން ނޫޅެ ދޭ ނިދަން،" ނީލާ ބުނެފައި ދިޔައީއެވެ.
މިހާރު، އެ ހުރިހާ އަނިޔާއެއްގެ ފަރުދާ ކެހިގެން ހިނގައްޖެއެވެ. ޔަޢުޤޫބު ހުރީ އަޑުއަހާށެވެ.
"ބައްޕާ،" ޔޫހާގެ ކަރުނުން ފުރިފައިވާ ދެލޮލާއެކު އިސްއުފުލައިލިއެވެ. "އަހަރެން މިދަނީ ނީލާއަށް ކޮންމެ މަހަކު ތިންސަތޭކަ ޑޮލަރު ދައްކަމުން. ހަ މަސް ވެއްޖެ. ބައްޕަ ބުނެގެން ކަމަށް ބުނީ."
ޔަޢުޤޫބުގެ މޫނު ރަތްވެގެން ދިޔައެވެ. ބްރީފްކޭސް ތަޅުންގަނޑު މައްޗަށް ދޫކޮށްލެވުނު އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. "ކީކޭ؟! ކޮން ފައިސާއެއް؟" އޭނާ ނީލާއާ ދިމާއަށް ބަލައިލީ ޤަބޫލުކުރަން ދަތިވެފައިވާ ނަޒަރަކުންނެވެ. "ނީލާ! ތިއީ ތެދެއްތަ؟"
ނީލާ ވަގުތުން މޭޒު ކައިރިއަށް ޖެހިލައި، އަތް އުރާލިއެވެ. އޭނާގެ މޫނުމަތިން އެއްވެސް ލަދުވެތިކަމެއް ނުފެނެއެވެ.
"އާނ، ތެދެއް!" ނީލާ އަޑަށް ބާރުލަމުން ބުންޏެވެ. "އޭނާގެ އުމުރަކީ ވިހި އަހަރު. މުސާރަވެސް ލިބޭ. އަހަރެން އޭނާއަށް ދަސްކޮށްދިނީ ޒިންމާދާރުވާން. ދިރިއުޅުމުގެ ބުރަ އުފުލަން. އެއީ ކުށެއްތަ؟"
"ޒިންމާދާރުކުރުވާށޭ؟" ޔަޢުޤޫބުގެ އަޑު ބާރުވިއެވެ. "އަހަރެން މި ގެ ގަތީ އަހަރެންގެ ދަރިފުޅަށް ތަނަވަސްކަމާއެކު އަމިއްލަ ގޭގެ އިޙްސާސް ލިބޭނެ މާޙައުލެއް ހޯދައިދޭން! އަހަރެންގެ ނަން ބޭނުންކޮށްގެން، މަގޭ ދަރިފުޅުގެ އަތުން ކުލި ނަގަން ކަލެއަށް ހުއްދަ ދިނީ ކާކު؟ އަހަރެން އެންމެ ފައިސާފޮއްޗެއްވެސް ބޭނުމެއް ނޫނޭ ބުނެފައި އޮއްވާ، ކަލޭ ހެދީ ދޮގު!"
"އަހަރެން މިއީ ކަލޭގެ އަންހެނުން!" ނީލާ ދެލޯ ބޮޑުކޮށްލަމުން ރައްދުދިނެވެ. "މި ގޭގެ އެތެރޭގެ އިންތިޒާމުތައް ހަމަޖައްސާނީ އަހަރެން! ކަލޭ އަބަދު ހުންނަނީ ދަތުރުތަކުގައާއި ވިޔަފާރީގައި. މި ގޭގައި ކަންކަން ހިނގާގޮތް ކަލެއަކަށް ނޭނގޭނެ. އޭނާ މިތަނުގައި އުޅެނީ ރާނީއެއް ހެން ހުރިހާ ޚިދުމަތެއް ހޯދައިގެން. ކީއްވެ އޭނާގެ ޚަރަދުތަކަށް ބައިވެރިނުވާންވީ؟"
"ރާނީއެއް ހެންނޭ؟" ޔޫހާގެ ކެތްތެރިކަން ކޮޅުންލައި، ގިސްލަމުން ކުރިއަށް ޖެހިލިއެވެ. "ނީލާ، އަހަރެން ކޮން އިރަކު ރާނީއަކަށް ވެގެން އުޅުނީ؟ ފަތިހު ފަހެއް ޖަހާއިރު ހޭލައިގެން ތަށިތައް ދޮވެ، މުޅި ގޭގައި ކުނިކަހައި ފޮހެނީ އަހަރެން! ކްލާހަށް ދާން އޮންނަ ވަގުތު ކަލޭގެ ސައްބީސް އަހަރުގެ ދަރިފުޅުގެ ހަޑި ހެދުންތައް ދޮވެ އިސްތިރިކުރަން ޖެހެނީ އަހަންނަށް! އަހަރެން ބަލިވެގެން ތަޅުންގަނޑު މައްޗަށް ވެއްޓުނީމާ އެހީވުމުގެ ބަދަލުގައި މަލާމާތްކޮށްފައި ދިޔައީ ކަލޭމެން ދެމައިން! ބައްޕަ ގޭގައި ނޫޅޭ ދުވަސްވަރު އަހަންނަށް ރޭގަނޑު ކާންވެސް ނުދީ، 'އަމިއްލައަށް ކާށޭ' ބުނެ އަހަރެން ބާކީކޮށްލީ ކަލޭ ނޫންތަ؟"
ޔަޢުޤޫބު ގަނޑުވި ކަހަލައެވެ. އޭނާގެ ދަރިފުޅުގެ އަނަރޫފަވެފައިވާ މޫނަށާއި، ބިރުން ތުރުތުރުއަޅަމުންދިޔަ ހަށިގަނޑަށް ބަލައިލިއެވެ. ޔަޢުޤޫބުގެ ލޮލުން ކަރުނައިގެ ރޮނގެއް ފައިބައިގަތެވެ. އޭނާ ކާ މޭޒު ކައިރީގައި ހުރި ގޮނޑި ދަމާލައި، މަޑުމަޑުން އިށީނދެ ދަރިފުޅުގެ އަތުގައި ހިފެހެއްޓިއެވެ.
"ޔޫހާ... ދަރިފުޅާ، ފޯނު ދައްކަބަލަ،" ޔަޢުޤޫބު މަޑުމައިތިރިކަމާއެކު އެދުނެވެ.
ޔޫހާ ތުރުތުރުއަޅާ އިނގިލިތަކުން ބޭންކިންގ އެޕްލިކޭޝަން ހުޅުވައި، ފާއިތުވި ހަ މަސްދުވަހު ކޮންމެ މަހަކު ނީލާގެ އެކައުންޓަށް ޖަމާކޮށްފައިވާ ހަތަރުހާސް ހަސަތޭކަ ރުފިޔާގެ ސްލިޕްތައް ދެއްކިއެވެ. ކޮންމެ ސްލިޕެއްގެ ތިރީގައި "މަހު ކުލި" ޖަހާފައި އޮތެވެ.
ޔަޢުޤޫބު އެ ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ދެން އޭނާ ބަލައިލީ ސޯފާގައި އިސްދަށަށް ޖަހައިގެން އިން ލޫތަށެވެ.
"ލޫތު! ކަލޭ މި ގެއަށް އެއްވެސް ޚަރަދެއް ކުރަންތަ؟ ކުއްޔެއް، ކަރަންޓު ބިލެއް، ފެން ބިލެއް؟" ޔަޢުޤޫބު ހަރުކަށިކަމާއެކު ސުވާލުކުރިއެވެ.
ލޫތު އަޑެއް ބަޑެއް ނުލައްވައި އިނެވެ.
"ޖަވާބުދީ!" ޔަޢުޤޫބު މޭޒުމަތީގައި އަތުން ބާރަށް ޖެހިއެވެ.
"ނޫން... އަހަރެން... އަހަރެން ވަޒީފާއެއް ނުލިބިގެން މިއުޅެނީ،" ލޫތު ޖެހިލުންވެފައި ބުންޏެވެ.
"ވަޒީފާއެއް ނެތިގެން އުޅޭ މީހަކު، ދުވާލު ހަތަރުދަމު ގޭމް ކުޅެފައި، އަންހެން ކުއްޖަކު ލައްވާ އަންނައުނު ދޮއްވައިގެން، ސައިކަލު ދުއްވާފައި މަޖާކުރަން އުޅޭކަށް ލަދެއް ނުގަނޭތަ؟" ޔަޢުޤޫބު އަނެއްކާވެސް ނީލާއާ ދިމާއަށް އެނބުރުނެވެ. "ކޮބައި އެ ފައިސާ؟ މަގޭ ދަރިފުޅު އަތުން ނެގި ހުރިހާ ފައިސާއެއް މިހާރު މިތަނަށް ގެނޭ!"
"ފައިސާއެއް ނެތް!" ނީލާ ހަޅޭއްލަވައިގަތެވެ. "އެއީ އަހަރެން މި ގޭގެ ޚަރަދުތަކަށް ބޭނުންކުރި ފައިސާ!"
"ދޮގު ނަހަދާ!" ސޯފާއިން ތެދުވަމުން ލޫތު ކުއްލިއަކަށް ބުންޏެވެ. އޭނާގެ އަޑުގައި ހުރީ ބިރުވެރިކަމެވެ. "މަންމާ، ދެން ހުއްޓާލަބަލަ! އެ ފައިސާއިން މަންމަ ދެއްކީ އަހަރެންގެ ސައިކަލުގެ މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓް."
މުޅި ކޮޓަރިއަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ. ޔޫހާއަށް އަނގަމަތީގައި އަތްއެޅުނެވެ. އޭނާގެ ހިތް ކުދިކުދިވެގެން ދިޔަ ކަހަލައެވެ. ފާއިތުވި ހަ މަސްދުވަހު އޭނާ ތަޙައްމަލުކުރި ހުރިހާ ވޭނަކާއި، ބަނޑުހައިހޫނުކަމާއި، ވީ ޤުރުބާނީތަކުގެ ހިތި ޙަޤީޤަތް ފާޅުވުމުން، ހިތުގައި އަނދަމުންދިޔަ ރިހުން ކަރުނައިގެ ސިފައިގައި ބަންޑުންވާން ފެށިއެވެ. ޔޫހާ މަޑުމަޑުން އަތް ތިރިކޮށްލުމަށްފަހު، ސީދާ ލޫތާއި ނީލާގެ މޫނަށް ބަލައިލިއެވެ. އޭނާގެ އަޑުގައި ހުރީ ހިތްފަޅައިގެންދާ ފަދަ ވޭނީ އަސަރެކެވެ.
"ސައިކަލެކޭ؟!" ޔޫހާގެ އަޑު ތުރުތުރުއަޅަމުން ދިޔަ ނަމަވެސް، ކޮންމެ ލަފުޒެއްގައި ވަނީ ފުން އަސަރެކެވެ.
"ލޫތުގެ މަޖަލާއި އަރާމަށް ދުއްވާ ސައިކަލުގެ އިންސްޓޯލްމަންޓް ދައްކަންތަ އަހަރެން މި ހުރިހާ ދުވަހު އަޅެއް ފަދައިން މަސައްކަތްކޮށްފައި ފައިސާ ދެއްކީ؟!" ޔޫހާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. އޭނާ ލޫތާ ދިމާއަށް އެއް ފިޔަވަޅު ކުރިއަށް ޖެހިލިއެވެ.
"ކަލެއަށް އެނގޭތަ ލޫތު؟ ކަލޭ ތި ސައިކަލު ދުއްވާފައި ހުޅުމާލޭގެ މަގުތަކުގައި މަޖާނަގަމުން ދިޔައިރު، އަހަރެން ކޮލެޖަށް ދިޔައީ ބަހަށް ދައްކާނެ ވިހި ރުފިޔާ އަތުގައި ނެތިގެން، އޮއްދާހިއްލައިގެން ހޫނު އަވީގައި ދެފައި ބިމުގައި ކާއްތަމުން ހިނގާފައިކަން!"
ޔޫހާގެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. ލޫތު އިސްޖަހައިގެން ހުރިއިރު، ނީލާގެ މޫނުމަތިން ފެންނަނީ ޖެހިލުންވުމުގެ ކުލަވަރެވެ.
"އަހަރެންގެ ފުރަތަމަ ސެމެސްޓަރގެ މުހިންމު ފޮތްތައް ނުގަނެވިގެން ކްލާހުގައި ލަދުން އިސްޖަހައިގެން އިންނަން ޖެހުނު ދުވަސްތައް ކަލެއަށް އިޙްސާސްވޭތަ؟" ޔޫހާ މިފަހަރު އެނބުރުނީ ނީލާއާ ދިމާއަށެވެ.
"ނީލާ! ކަލޭ އަހަރެން ގާތު ބުނީ ބައްޕަ އެދުނީތީއޭ ކުލި ދައްކަން ޖެހެނީ. އަހަރެން އެންމެ ފަހަރަކުވެސް ޝަކުވާއެއް ނުކުރަން. ބައްޕައަށް ލުޔެއް ދިނުމުގެ ނިޔަތުގައި، އަހަރެން މެންދުރުގެ ކެއުން ދޫކޮށްލައި، ހަމައެކަނި ފެންފޮދަކުން ބަނޑުފުރައިގެން އުޅުނީ ކަލޭގެ ދަރިފުޅަށް ސައިކަލު ގަނެދޭކަށް ނޫން! ރޭގަނޑު އަހަރެން ބަނޑުހައިވެގެން، ކޮޓަރީގެ އަނދިރީގައި އިނދެ ހިކި ބިސްކޯދު ކޮޅެއް ކައިގެން، ގިސްލާ ރުއި އަޑު ކަލެއަކަށް ނީވޭތަ؟ ކަލޭގެ ހިތުގައި ކުޑަވެސް ރަޙުމެއް، ބިރުވެތިކަމެއް ނެތީތަ؟ އަހަރެންގެ ދިރިއުޅުމާއި، އަހަރެންގެ ކިޔެވުމާއި، އަހަރެންގެ ޒުވާން ޢުމުރުގެ އުފާތައް ޤުރުބާންކޮށްފައި ކަލޭމެން ތި ހޯދީ ކޮން އުފަލެއް؟!"
ޔޫހާގެ ކޮންމެ ބަހަކުން ހީވަނީ ޔަޢުޤޫބުގެ މޭ ފޫއަޅުވާލި ހެންނެވެ. ޔަޢުޤޫބަށް ދެއަތުން މޫނު ފޮރުވާލެވުނެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. އަމިއްލަ ލޯބިވާ ދަރިފުޅު، އޭނާގެ އަމިއްލަ ގޭގައި މިފަދަ ބޮޑު އަނިޔާއެއް ތަޙައްމަލުކުރަމުން ދިޔައިރު، ލޯމަތީގައި އެޅިފައި އޮތް ކަނުމަކާމެދު އޭނާ އަމިއްލަ ނަފްސަށް ލަދުވެތިވިއެވެ.
"ޔޫހާ... ދަރިފުޅާ، ދެން ހުއްޓާލާ..." ޔަޢުޤޫބުގެ އަޑު ކަރުނައިގެ ތެރެއިން ބޭރުވީ ކިރިޔާއެވެ. އޭނާ ކުރިއަށް ޖެހިލައި، ތުރުތުރުއަޅަމުންދިޔަ ޔޫހާގެ ހަށިގަނޑުގައި ވަރަށް ލޯތްބާއި އޯގާތެރިކަމާއެކު ބައްދައިގަތެވެ. "ބައްޕަ މަރުވިނަމަ މާ ރަނގަޅުވި. ދަރިފުޅަށް މިވަރުގެ ދެރައެއް ލިބުނުއިރު ބައްޕައަށް ނޭނގުނުކަމީ ބައްޕަގެ މުޅި ޙަޔާތުގައިވެސް ވީ އެންމެ ބޮޑު ބަލިކަށިކަން."
ޔަޢުޤޫބު ޔޫހާގެ ގައިން ދޫކޮށްލުމަށްފަހު، އެނބުރި ނީލާއާއި ލޫތާ ދިމާއަށް ބަލައިލިއެވެ. އެ ދެލޮލުގައި މިހާރު ހުރީ ހަމައެކަނި ރުޅިއެއް ނޫނެވެ؛ ފުންވެގެންވާ ފަކުރާއި ނަފްރަތެވެ.
ޔަޢުޤޫބު ގޮނޑިން ތެދުވިއެވެ. އޭނާގެ ހިތާމައާއި މާޔޫސްކަން ބަދަލުވީ ގުޑުވައިނުލެވޭ ފަދަ ސާބިތު ނިންމުމަކަށެވެ. އޭނާ ނީލާއާ ދާދި ކައިރިއަށް ޖެހިލިއެވެ.
"ނީލާ، އަހަރެން ކަލެއާ ކައިވެނިކުރީ އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަމެއް ގެނައުމަށާއި، އަހަރެންގެ ދަރިފުޅަށް އޯގާތެރި މަންމައެއްގެ ލޯބި ލިބޭނެ ކަމުގެ އުންމީދުގައި،" ޔަޢުޤޫބުގެ އަޑު މަޑުވި ނަމަވެސް، ކޮންމެ ލަފުޒެއްގައި ވަނީ ތޫނު ކަމެކެވެ. "އެކަމަކު ކަލޭ މި ގެ ބަދަލުކޮށްލީ އަހަރެންގެ ދަރިފުޅުގެ ޖަލަކަށް. ކަލޭ ތިކުރީ ވައްކަން. ކަލޭ ތި ދެއްކީ އަނިޔާވެރިކަން. އަހަރެން ހިތާމަކުރަން ކަލެއަށް އިތުބާރު ކުރެވުނު މޮޔަކަމާމެދު."
"ޔަޢުޤޫބު... ވިސްނާލަބަލަ،" ނީލާގެ ރާގު ކުއްލިއަކަށް ބަދަލުވެ، އާދޭހުގެ އަޑަކަށް ވިއެވެ. "އަހަރެމެން މިއީ ދެމަފިރިންނޭ. ކުޑަކުޑަ ކަމަކާ ހުރެ މުޅި ދިރިއުޅުން ރޫޅާލަންވީތަ؟ އަހަރެން މަޢާފަށް މި އެދުނީނު. އެ ފައިސާ އަހަރެން އަނބުރާ ދީފާނަން."
"މިއީ ކުޑަކުޑަ ކަމެއް ނޫން!" ޔަޢުޤޫބުގެ އަޑު ގުގުމައިގަތެވެ. "މިއީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫން. މިއީ އަހަރެންގެ ލެއިން އުފެދިފައިވާ ދަރިފުޅަށް ކަލޭ ދިން ނަފްސާނީ އަދި ޖިސްމާނީ އަނިޔާ! އަމިއްލަ ގޭގައި ހުރެ، އެތިކޮޅެއް ކާލަން ބިރުން އުޅެންޖެހުނު ކުއްޖެއްގެ ކަރުނައިގެ އަގު ކަލެއަށް އަދާކުރެވޭނެތަ؟ ކަލޭގެ ހިތުގައި ރަޙުމުގެ ކަންފުޅެއްވެސް ނެތް!"
"ޔަޢުޤޫބު، ހެޔޮނުވާނެ..." ނީލާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
ހުއްޓާލާ!" ޔަޢުޤޫބު ހަރުއަޑުން ބުންޏެވެ. "އިތުރަށް އެންމެ ބަހެއްވެސް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން. މަގޭ ދަރިފުޅުގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަތިއްކަކީ ކަލޭގެ އަނިޔާވެރިކަމުގެ ހެކި. މި ވަގުތުން ފެށިގެން އަހަރެމެންގެ ދެމެދުގައި އޮތް ކައިވެނީގެ ގުޅުން ނިމުނީ. އަހަރެން ކަލޭ ވަރިކޮށްފިން!" އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ތެރެއިން ވަރީގެ ހުރިހާ މަރުޙަލާއެއް އަހަރެން ހަމަޖައްސާނަން. މިރެއިން މިރެއަށް ކަލެއާއި ކަލޭގެ ދަރިފުޅު މި ގެއިން ނުކުމެގެން ދޭ!"
ނީލާގެ މޫނުމަތިން ކުލަވަރު އޮއްސިގެން ދިޔައެވެ.
"މިރޭ އަހަރެމެން ދާނީ ކޮންތާކަށް؟" ނީލާ އަނެއްކާވެސް ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ. "ކަލެއަކަށް އަހަރެމެން މިރޭ މަގުމައްޗެއް ނުކުރެވޭނެ!"
"އަހަރެންގެ ދަރިފުޅު ބަލިވެފައި އޮއްވާ މިތަނުން ނެރެލަން އުޅުނުއިރު، އޭނާ ދާނެ ތަނަކާ މެދު ކަލޭ ވިސްނިންތަ؟" ޔަޢުޤޫބު ސާބިތުކަމާއެކު ބުންޏެވެ. "ކަލޭގެ ޢާއިލާ މި މާލޭގައި އެބަތިބި. މިހާރުން މިހާރަށް ފޮށިތަންމަތި ބަނދެގެން ނުކުމޭ. ކަލޭމެންނަށް މި ފުރާޅުގެ ދަށުގައި ހުންނަން އެންމެ ސިކުންތެއްގެ ޖާގައެއްވެސް ދެން ނޯންނާނެ."
ނީލާ ރުޅިން ތުރުތުރުއަޅަމުން، އެއްޗެހި ކިޔަމުން ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ލޫތު އިސްޖަހައިގެން ހުރެ، މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ ފޮށިތަންމަތި ބަންނަން ފެށިއެވެ.
ގޭތެރޭގައި އިވޭ ހަމައެކަނި އަޑަކީ އެމީހުން ފޮށިތަކަށް އެއްޗެހި އަޅަމުންދިޔަ އަޑާއި، ނީލާގެ ރުޅިވެރި ގިސްލުމުގެ އަޑެވެ. ބައިގަޑިއިރު ތެރޭގައި، އެމީހުންގެ ހުރިހާ ސާމާނެއް ހިފައިގެން ނީލާއާއި ލޫތު ދޮރުމައްޗަށް ނުކުތެވެ. ނީލާ ފަހު ފަހަރަށް ޔޫހާއާ ދިމާއަށް ވިހަގަދަ ނަޒަރަކުން ބަލައިލިއެވެ. ނަމަވެސް، ޔޫހާ މިފަހަރު އިސްޖަހައެއް ނުލައެވެ. އޭނާ ހުރީ ބައްޕަގެ އަތުގައި ހިފަހައްޓައިގެން، ސާބިތުކަމާއެކުގައެވެ.
"ކަލޭ ތި ހަލާކުކޮށްލީ އަމިއްލަ ދިރިއުޅުން،" ނީލާ ދޮރުމަތީގައި ހުރެ ޔަޢުޤޫބަށް ބުންޏެވެ.
"ނޫން،" ޔަޢުޤޫބު ފިނި އަޑަކުން ރައްދުދިނެވެ. "އަހަރެން މި ސަލާމަތްކުރީ އަހަރެންގެ ދަރިފުޅާއި އަހަރެންގެ އަމިއްލަ ނަފްސު. މާތް ﷲ އަހަރެމެންނަށް ފުދޭ. ދެން ދުވަހަކުވެސް މި ދޮރުން އެތެރެއަށް ފިޔަވަޅު ނާޅާތި."
ދޮރު ލެއްޕުނު އަޑާއެކު، މުޅި ގޭތެރެއަށް އާދަޔާޚިލާފު ހަމަހިމޭންކަމެއް ވެރިވިއެވެ. ހަ މަސްދުވަހު އެ ގޭގައި ހިނގަމުންދިޔަ ބިރުވެރިކަމާއި އަނިޔާވެރިކަމުގެ ބަރުދާސްތު އެއްފަހަރާ ފިލައިގެން ދިޔަ ކަހަލައެވެ.
ޔަޢުޤޫބު ވަގުތުން ޔޫހާގެ ކުރިމައްޗަށް ހުއްޓި، އޭނާގެ ދެލޮލަށް ބަލައިލިއެވެ. އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނެވެ.
"ދަރިފުޅާ... ބައްޕައަށް މަޢާފުކުރޭ،" ޔަޢުޤޫބުގެ އަޑު ބެދުނެވެ. "ބައްޕައަށް މި ހުރިހާ ދުވަހު ނޭނގުނީތީ. ދަރިފުޅު ތިހާ ބޮޑު ހިތާމައެއް އެކަނިމާއެކަނި އުފުލަން ޖެހުނީތީ. ބައްޕައަކީ ޒިންމާދާރު ބައްޕައަކަށް ނުވެވުނީތީ."
"ނޫން ބައްޕާ، އެއީ ބައްޕަގެ ކުށެއް ނޫން،" ޔޫހާ ބައްޕަގެ ގައިގައި ބާރަށް ބައްދައިގަތެވެ. "އަހަރެން ހީކުރީ... އަހަރެން ހީކުރީ އަހަރެން މިއީ ބައްޕައަށް ބުރައެއް ކަމަށް. އަހަރެން ބޭނުންނުވީ ބައްޕަގެ ދިރިއުޅުން ހަލާކުކޮށްލާކަށް."
"ދަރިފުޅަކީ ދުވަހަކުވެސް ބައްޕައަކަށް ބުރައެއް ނޫން،" ޔަޢުޤޫބު ޔޫހާގެ ބޮލުގައި ފިރުމާލިއެވެ. "މި ދުނިޔޭގައި ބައްޕަ މަސައްކަތްކުރާ ހުރިހާ އެއްޗަކީ ދަރިފުޅަށްޓަކައި ވާ އެއްޗެއް. ދަރިފުޅުގެ އުފަލަށްވުރެ ބޮޑު އެއްވެސް އެއްޗެއް މި ދުނިޔެއަކު ބައްޕައަކަށް ނެތް."
ޔަޢުޤޫބު ފޯނު ނަގައި ވަގުތުން ޔޫހާގެ އެކައުންޓަށް ހުރިހާ ފައިސާއެއް ޓްރާންސްފަރ ކުރިއެވެ. އަދި އޭގެ އިތުރުންވެސް ފައިސާ ޖަމާކޮށްދިނެވެ. އެއަށްފަހު އޭނާ އަމީރާއަށް ގުޅިއެވެ.
ފޯނު ނެގުމާއެކު އަމީރާ ވާހަކަދެއްކިއެވެ. "ޔަޢުޤޫބު، ކިހިނެއްވީ؟ ޔޫހާ ރަނގަޅުތަ؟"
ޔަޢުޤޫބު ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަމީރާ... އަހަރެން މި ގުޅީ ދަރިފުޅުގެ ޙައްޤުގައި. އަހަންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ. އެކަމަކު މިހާރު ހުރިހާ ކަމެއް ރަނގަޅުކޮށްފިން. ނީލާއާ އަހަރެން ވަކިވެއްޖައިން. އޭނާ މި ގެއިން ނެރެފިން."
އަމީރާ ހައިރާންވެފައި އެހިއެވެ. "ކީކޭ؟ ކީއްވެ ކުއްލިއަކަށް؟"
ޔޫހާ ފޯނު އަތުލައި، މަންމައަށް ހުރިހާ ވާހަކައެއް ތަފްޞީލުކޮށް ކިޔައިދިނެވެ. ވޭތުވެދިޔަ ހަ މަސްދުވަހު އޭނާ ހިތުގައި ފޮރުވައިގެން އުޅުނު ކޮންމެ ވޭނަކާއި، ކޮންމެ ކަރުނައެއްގެ ވާހަކައެވެ. އަމީރާ އަޑުއަހަން އިނީ ގިސްލަމުންނެވެ.
"ދަރިފުޅާ، ދަރިފުޅު ތި ހުރިހާ ވޭނެއް އެކަނި އުފުލިއިރު މަންމަ ގާތު އެންމެ ބަހެއްވެސް ނުބުނީ ކީއްވެ؟" އަމީރާ ރޮމުން އެހިއެވެ. "މަންމަ މާދަމާ ހެނދުނު ފުރަތަމަ ފްލައިޓުން މާލެ އަންނާނަން."
"ނޫން މަންމާ، ކަންބޮޑުނުވޭ. މިހާރު އަހަރެން ރަނގަޅު. ބައްޕަ އަހަރެންގެ ކައިރީގައި އެބަހުރި،" ޔޫހާ ހިނިތުންވެލަމުން ބުންޏެވެ.
އެރޭ، އެތައް ދުވަހަކަށްފަހު އެ ގޭގެ ބަދިގެތެރެއިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ އަޑުތައް އިވެން ފެށިއެވެ. ޔަޢުޤޫބު އަމިއްލަ އަތުން، ލޯބިވާ ދަރިފުޅު ޔޫހާއަށް އެންމެ މީރު ކަނޑުމަސް ރިހަ ކެއްކުމަށް އަވަދިނެތި އުޅުނެވެ. ވިޔަފާރީގެ ދާއިރާއަށް ނުކުތުމުގެ ކުރިން، ޔަޢުޤޫބަކީ ނަންވިދާ މޮޅު ޝެފެކެވެ. ރާއްޖޭގެ މަޝްހޫރު ތިން ރިސޯޓެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޝެފެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ފަހު ރިސޯޓުގައި ހެޑް ޝެފެއްގެ މަޤާމުގައި އޭނާ ދިހަ އަހަރު ހޭދަކުރިއެވެ. އެހެންނަމަވެސް، ޔޫހާގެ ދުލުގައި ހަރުލާފައިވާ އެންމެ މީރު ރަހަތަކާއެކު އެ ކަނޑުމަސްރިހަ ކެއްކުމުގެ ހުނަރު އެންމެ ފުރިހަމައަށް ލިބިފައިވަނީ އޭނާގެ މަންމައަށެވެ.
ޔަޢުޤޫބު، އަމީރާއަށް ފޯނުން ގުޅައިގެން ރިހަ ކައްކާނެ ގޮތުގެ އިރުޝާދު ހޯދަމުން ދިޔަ ވަގުތަކީ، އެތައް އަހަރަކަށްފަހު އެ ޢާއިލާއަށް އަލުން ލިބުނު ބަޔާންކުރަންދަތި ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ. ބައްޕަގެ މޮޅު ކެއްކުމުގެ ހުނަރުތަކަށް ބަލަން ކާ މޭޒު ކައިރީގައި ޔޫހާ އިންދައި، ޔަޢުޤޫބު އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީނދެލިއެވެ. އަދި ޔޫހާގެ ކުރިމަތީގައި ތަށި ބަހައްޓައި، ނުހަނު ލޯތްބާއެކު އަމިއްލައަށް ބަތާއި ރިހަ އަޅައިދިނެވެ
"ދަރިފުޅާ، މި ގެއަކީ ދަރިފުޅުގެ އަމިއްލަ ގެ،" ޔަޢުޤޫބު ވަރަށް ލޯތްބާއެކު ބުންޏެވެ. "މި ގޭގައި އެއްޗެއް ކާން، ނުވަތަ މި ގޭގައި ހުންނަން ދަރިފުޅު އެއްވެސް މީހެއްގެ ހުއްދައެއް ހޯދާކަށް ނުޖެހޭނެ. ދުވަހަކުވެސް ދެން އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ. ކާން ފަށާ."
ޔޫހާ ފުރަތަމަ ސަމުސާ އަނގައަށް ލުމާއެކު، އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބައިގަތެވެ. އެއީ ހަމައެކަނި މީރު ކާއެއްޗެއްގެ ރަހައެއް ނޫނެވެ. އެއީ ރައްކާތެރިކަމާއި، ޙަޤީޤީ ލޯތްބާއި، އަމިއްލަ ވަޒަނުގެ އިޙްސާސެވެ.
ހަފުތާތަކެއް ފަހުން، ޔޫހާ ޔުނިވަރސިޓީގެ މުހިންމު ޕްރޮޖެކްޓަކުން އެންމެ މަތީ ވަނަ ހޯދިއެވެ. ގެއަށް އައިސް، ކާ މޭޒު ކައިރީގައި އިން ބައްޕައަށް އެ ޚަބަރު ދިނުމުން، ޔަޢުޤޫބުގެ މޫނުމަތިން ފެނުނީ ފަޚުރުވެރިކަމެވެ. އޭނާ ޔޫހާއަށް ގޭގެ އައު ތަޅުދަނޑިއަކާއި ރީތި ކީރިންގެއް ދިނެވެ.
ޔޫހާ އެ ތަޅުދަނޑީގައި ފިރުމާލަމުން، ވަރަށް މަޑުމައިތިރިކަމާއެކު އެހިއެވެ. "ބައްޕާ... ދުވަހަކުން އަހަރެންގެ ވަޒީފާ ގެއްލި، ނުވަތަ ދިރިއުޅުމުގައި ކަމަކުން ނާކާމިޔާބުވެއްޖެނަމަ، އަހަރެން ދާނީ ކޮންތާކަށް؟"
ޔަޢުޤޫބު ޔޫހާގެ އަތުގައި ބާރަށް ހިފާލިއެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ ބަދަލުނުވާނެ ޔަޤީންކަމެވެ.
"ކޮންމެ ފަދަ ޙާލަތެއް މެދުވެރިވި ނަމަވެސް، ކޮންމެ ދުވަހަކު، ކޮންމެ ވަގުތަކުވެސް، ދަރިފުޅު އަންނާނީ މި ގެއަށް. ބައްޕަގެ މި އަތުގެ ތެރެއަށް،" ޔަޢުޤޫބު ބުންޏެވެ. "މިއީ ދަރިފުޅުގެ ގެ. މި ދޮރުމަތީގައި ދަރިފުޅު ދައްކަންޖެހޭނެ އެއްވެސް އަގެއް ނޯންނާނެ."
ޔޫހާ ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި އޮތް ހުރިހާ ބިރުވެރިކަމެއް ފިލައިގޮސް، ފުރިހަމަ އަމާންކަން އިޙްސާސް ކުރެވުނެވެ. މިއަދު އޭނާއަށް އެނގެއެވެ؛ ބައްޕައެއްގެ ހިޔާވަހިކަމަކީ އެއްވެސް އަގަކާ ނުލައި، ހިތުގެ ޚާލިޞް ލޯތްބާއެކު ލިބޭ އެންމެ އަގުބޮޑު ނިޢުމަތެވެ.

ކިޔުންތެރިންގެ ހިޔާލު