ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ކުރިން ހަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ ބައެއް މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މި ބަދަލާއެކު މަސައްކަތުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރައްވައި ވާހަކަފުޅުދެއްކެވީ "އަހާ" ފޯރަމްގައި ހއ. އިހަވަންދޫއާއި ރ. މީދޫ ހޮސްޕިޓަލް މަޝްރޫޢާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، ހއ. އިހަވަންދޫގައި ތަރައްޤީކުރާ 30 އެނދުގެ ލެވެލް 1 ގެ ހޮސްޕިޓަލުގެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ނުދިޔައީ މެދުއިރުމަތީގެ ހަނގުރާމައެއްގެ ސަބަބުން މަސައްކަތަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން ކަމަށެވެ. 123 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫޢުގައި، މުވައްޒަފުންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކަކާއި، ހޮސްޕިޓަލުން ޚިދުމަތްދިނުމަށް ބޭނުންވާ އެހެނިހެން އިމާރާތްތައް ހިމެނެއެވެ.
ރ. މީދޫގައި ކުރިއަށްދާ 30 އެނދުގެ ފުލްފްލެޖް ހޮސްޕިޓަލްގެ މަޝްރޫޢާ ގުޅޭގޮތުން ވަޒީރު ޤީލާ ވިދާޅުވީ، އެމްޓީސީސީއަށް މި މަޝްރޫޢު ބަދަލުކުރެވުމާއެކު، އަންނަ އަހަރުގެ ނޮވެމްބަރު މަހަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ހޮސްޕިޓަލުގައި އޮޕަރޭޝަން ރޫމާއި، ލޭބަރ ރޫމްގެ އިތުރުން ބަލިމީހުން ބަލާ ކޮޓަރިތައް ވެސް ހިމެނޭނެއެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. ރަށްރަށުގައި ހޮސްޕިޓަލްތައް ޤާއިމްކުރުމާއި، ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ޚިދުމަތްތައް އިތުރުކުރުމަށް ވެސް މި ސަރުކާރުން ދަނީ ވަރަށް ބޮޑަށް އިސްކަންދެމުންނެވެ. އެގޮތުން، އެފަދަ މަޝްރޫޢުތައް ހަލުވިކޮށް ނިންމުމަށްޓަކައި ކުންފުނިތައް ބަދަލުކުރުމަކީ ވެސް މި މަސައްކަތުގެ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު