ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ސިޔާސީ މަޝްވަރާތައް ބޭއްވުމާ ބެހޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިޑްލައިންސްގައެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ކެންޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ފޮރިން އެންޑް ދިއަސްޕޯރާ އެފެއާޒް މިނިސްޓަރު ޑރ. މުސާލިއާ މުދަވާދީއެވެ.
މި އެމްއޯޔޫގައި ސޮއިކުރެވުނީ ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ދޭތެރީގެ މަޝްވަރާ ބައްދަލުވުމަކަށް ފަހުގައެވެ.
މި އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ޚާރިޖީ ވުޒާރާގެ ދެމެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމުގެ އޮގާތަކެއް ގާއިމުކުރުމެވެ.
މިއީ ދެ ގައުމުގެ ދެމެދުގައިވާ ސިޔާސީ މަޝްވަރާތައް ފުޅާކުރުމަށާއި، އެއްބާރުލުން ދެވިދާނެ އާ ދާއިރާތައް ފާހަގަކޮށް، ރާއްޖެއާއި ކެންޔާގެ ބައިވެރިވުން އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެކެވެ.
ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 23 އޮކްޓޫބަރު 1995 ގައެވެ.
އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި އަބަދުވެސް އޮންނަނީ ގާތް، އެކުވެރި ގުޅުމެކެވެ. މި ފަހުމުނާމާގައި ސޮއިކުރުމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން ދޭ އިސްކަމެވެ.

ކިޔުންތެރިންގެ ހިޔާލު