ތުރުކީވިލާތުގެ އަންކާރާގައި ހުންނަ ޓާކިޝް ނޭޝަނަލް ޕޮލިސް އެކަޑަމީގައި ކިޔަވަން ދިވެހި ފުލުހުންތަކެއް އެ ގައުމަށް ފުރައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިން ގޮތުގައި އެ އެކެޑަމީގައި ދިވެހި ފުލުހުން ބައިވެރިވަނީ އަންޑަރގްރެޖުއޭޓް ތަމްރީނު ޕްރޮގްރާމާއި، ޕޮލިސް ޗީފް ޓްރެއިނިންގ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޕްރޮގްރާމުގައެވެ.
ނަަމަވެސް އެ ދެ ޕްރޮގްރާމްގައި ބައިވެރިވަނީ ކިހާ ފުލުހުންނެއް ކަމެއް ހާމައެއް ނުކުރެއެެވެ.
މި ޕްރޮގްރާމްތަކަކީ އޮފިސަރުންގެ ފަންނީ މައުލޫމާތު މުއްސަނދިކޮށް، ލީޑަރޝިޕާއި ސެކިއުރިޓީ މެނޭޖްމަންޓް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން، ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށް ފުލުހުން ބުންޏެވެ.
މި ތަމްރީނުތަކަށް އޮފިސަރުން ފުރުމުގެ ކުރިން، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ އެ ބޭފުޅުންނާ ބައްދަލުކުރައްވައި، ކާމިޔާބީއަށް އެދިވަޑައިގެން ހިތްވަރު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު